English Edition
Dhivehi Edition

އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުޙައްމަދު ސާލިިޙަކީ ރައީސް ނަޝީދުގެ ޕަޕެޓެއް ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ވެލިދޫ ދާއިރާގެ މެމްބަރު ވިދާޅުވެއްޖެއެވެ

މެމްބަރު އަބްދުﷲ ޔާމީން ރަޝީދު މިހެން ވިދާޅުވީ ރޭ، ޕީޕީއެމުން ހުޅުމާލޭގައި ބޭއްވި ޖަލްސާގައި، އިދިކޮޅު ކެންޑިޑޭޓަށް ފާޑުވިދާޅުވަމުންނެވެ.

އިދިކޮޅު ފަރާތްތަކަށް ވެރިކަމަށް އައިސް، ޖަޒީރާ ރާއްޖެއެއް ނުހިންގޭނެ ކަމަށާއި އެމްޑީޕީގެ މެނިފެސްޓޯއަކީ ލާދީނީ މެނިފެސްޓޯއެއްކަމުގައި އޭނާ ސިފަ ކުރައްވާ ކަމުގައިވެސް ޔާމީން ވިދާޅުވިއެވެ

ޔާމީން އތުރަށް ވިދާޅުވީ އެމްޑީޕީގެ ތިން އަހަރުގެ ވެރިކަމުގައި ޒުވާނުންނަށް ކޮށްދިން އެއްވެސް ކަމެއް ނެތް ކަމަށާއި އިދިކޮޅު ވެރިކަމެއްގައި ޒުވާނުންނަށް ކަންކަން ކޮށްދޭނެ ކަމަށް ވައުދުވިޔަސް އެއްވެސް ކަމެއް ކޮށްނުދެވޭނެ ކަމަށެވެ

ވެލިދޫ ދާއިިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދަކީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވައިގެން، އިންތިހާބު ކާމިޔާބު ކުރައްވައި، ފަހުން ޕީޕީއެމާ ގުޅިވަޑައިގެންނެވި ބޭފުޅެކެވެ.