English Edition
Dhivehi Edition

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ކުރިއަށްދާއިރު ފުލުހުންނަށް އަމާޒުކޮށް ކެމްޕެއިން ހަރަކާތްތައް ހިންގާނަމަ އެފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.
ރޭ،މޯލްޑިވްސް ޕޮލިސް ސާރވިސް އިން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ބައެއް ފަރާތްތަކުން ފުލުހުންނަށް އަމާޒުކޮށް، ފުލުހުންގެ މަރުކަޒުތަކަށް ގޮސް ކެމްޕެއިން ހަރަކާތްތައް ހިންގަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ

އަދި ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ފުލުހުންނަށް ޚާއްސަކޮށްގެން ފުލުހުންގެ މަރުކަޒުތަކަށް ގޮސް ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށްވެސް މި ނޫސްބޔަނުގައި ފުލުހުން އެދިފައިވެއެވެ.

އަދި މީގެއިތުރުން ފުލުހުންނަށް ޚައްސަކޮށްގެން ފުލުހުންގެ މަރުކަޒުތަކަށް ގޮސް އެފަދަ ހަރަކާތްތައް ހިންގުމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބަލައިގަންނާނެ ކަމެއް ނޫންކަމަށާއި އެފަދަ ހަރަކާތެއް ހިންގައިފިނަމަ، ހިންގި ފަރާތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ނެރުނު ބަޔާނުގައި އިންޒާރުދީފައިވެއެވެ.

.