English Edition
Dhivehi Edition

މިއަދު ހަވީރު އައްޑޫ ސިޓީގައި އިދިކޮޅު އިއްތިހާދުން ވެހިކަލް ބުރެއް ބާއްވައިފިއެވެ

މި ވެހިކަލް ބުރުގައި ހިތަދޫ ، މަރަދޫ ،މަރަދޫފޭދޫ އަދި ފޭދޫ މީހުން ބައިވެރިވިއެވެ

ރިޔާސީ އިންތިޚާބު ކައިރިވަމުންދާ ވަރަކަށް ކެމްޕެއިންފޯރިވެސް ދަނީ ބޮޑުވަމުންނެވެ.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުންނާއި އިދިކޮޅު އިއްތިހާދުން މިދަނީ ކެމްޕެއިންގެ ގިނަ ހަރަކާތް ތަކެއް މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދަމުންނެވެ. ރައްޔިތުންނަށް ތަފާތު ގިނަ އުއްމީދުތައް ދެމުން ވައުދުތައް ވެވަޑައިގަަންނަވަމުންނެވެ.

ރިޔާސީ އިންތިޚާބުގައި މިފަހަރު ވާދަ ކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ.

ވެރިކަންކުރާ ޕާޓީ ގެ ކެންޑިޑޭޓަކީ ރައީސް ޔާމީނެވެ. ރައީސް ޔާމީނުގެ ރަނިންމޭޓަކީ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓަކީ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ އިބްރާހިމް މުޙައްމަދު ސޯލިހްއެވެ. ރަނިންމޭޓަކީ ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ ފުވައްމުލަކު ބޭފުޅެއްކަމުގައިވާ ފައިސަލް ނަސީމްއެވެ.