English Edition
Dhivehi Edition

މި އަހަރުގެ ރިޔާސީ އިންތިޚާބު ގައި ވޯޓުލުމަށްޓަކައި ރަށްވެހި ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ރަޖިސްޓަރީ ކޮށްދިނުމަށް އެދި މިހާތަނަށް 86،000އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް، އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ޓްރެއިނަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ފެއްޓެވުމުގެ ގޮތުން ވާހަކަ ދައްކަވަމުން އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ރޭ އޮފީސް ބަންދުކުރުމާއި ހަމައަށް 86،000 އަށް ވުރެން ގިނަ ފޯމު ލިބިފައިވާ ކަމަށާއި އުންމީދު ކުރަނީ އެ އަދަދު އެއް ލައްކައާ ގާތްކުރާނެ ކަމަށެވެ.

އަދި ރީ- ރަޖިސްޓްރީ ކުރުމުގެ މުއްދަތު މިރޭ 12 ޖެހުމާ ހަމައަށް އިތުރުކޮށްފައި ވުމުން، މުއްދަތު ހަމަވާއިރު 95،000 އެއްހާ ފޯމު ލިބޭނެ ކަމަށް ބެލެވޭ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ

ރިކޯޑު އަދަދަކަށް މި ފަހަރުގެ އިންތިހާބުގައި މީހުން ރީ ރަޖިސްޓްރީ ކޮށްފައިވާ ކަން ފާހަގަކުރެއްވައި ޝަރީފް ވިދާޅުވީ އެކަމުން ދައްކުވައި ދެނީ މި އިންތިހާބަށް އާންމުންގެ ތަރުހީބު އޮތް މިންވަރު ކަމަށް ޝަރީފް ވިދާޅުވިއެވެ.