English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ލެސްޓާ ސިޓީ ބަލިކުރި މެޗު މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.

ލީގުގެ ފުރަތަމަ މެޗުގައި ޔުނައިޓެޑާއި ލެސްޓާ ބައްދަލުކުރި މިމެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 2-1 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ. އޯލްޑް ޓްރެފޯޑުގައި ރޭ ކުޅުނު މެޗުން ލެސްޓާ ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑުގައި ކުޅުނު މިމެޗުގައި ޔުނައިޓެޑްއަށް އެންމެ އެދެވޭ ކުޅުމުއް ނުދެއްކުނު ނަމަވެސް މިމެޗުގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީ އަކުން ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ރޭގެ މެޗުގައި ޔުނައިޓެޑްގެ ކެޕްޓަން ފްރާންސްގެ ޕައުލް ޕޮގްބާއެވެ.

މި ލަނޑަށް ފަހު ލެސްޓާއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ޔުނައިޓެޑުގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ޔުނައިޓެޑްގެ ކީޕަރު ޑެހެޔާ ވަނީ ހުށިހާރު ކަމާއި އެކު މިހަމަލާތަށް ދިފާއުކޮށްފައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ލެސްޓާއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ދެވަނަ ހާފް ގައި ޔުނައިޓެޑުން ވަނީ މެޗުގެ ކުޅުން ވަރުގަދަކޮށް ލެސްޓާގެ ފަހަތަށް ބާރު ބޮޑު ކުރަން ފަށާފައެވެ.ނަތީޖާ އެއްގެ ގޮތުން މެޗުގެ 83 ވަނަ މިނެޓުގައި ލޫކަ ޝޯ ވަނީ ޔުނައިޓެޑްގެ ލީޑު ފުޅާ ކޮށްދީފައެވެ.

ރޭގެ މެޗުގައި ލެސްޓާގެ ހަމަ އެކަނި ލަނޑު މެޗުގެ އެންމެ ފަހު މިނެޓުގައި ލެސްޓާއަށް ކާމިޔާބުކޮށްދީފައިވަނީ ޖޭމީ ވާޑީއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ވެސް މެޗުތަކެއް ކުޅެވިގެން ދާނެއެވެ. މިގޮތުން މިއަދު ހަވީރު 4:30 ގައި ޓޮޓެންހަމްއިން ނިއުކާސަލްއާ ދެކޮޅަށް ނުކުންނަ އިރު މިރޭ 7:00 ކުޅޭ މެޗުގައި ބައްދަލުކުރާނީ ޗެލްސީއާއި ހަޑަލްސްފީލްޑްއެވެ.