English Edition
Dhivehi Edition

މިއަހަރު ހައްޖުގެ އަޅުކަމުގެ ތެރޭގައި އެއްވެސް ބާވަތެއްގެ ސިޔާސީ ކަމެއް ނުހިންގުމަށް ސައުދީގެ ދެ ހަރަމްފުޅުގެ ކަންކަން ބަހައްޓާ އޮފީހުގެ ވެރިޔާ އަބްދުއްރަހްމާން ސުދައިސް ގޮވާލައްވައިފި އެވެ

ހައްޖަކީ ސުލްހައިގެ މެސެޖެއް ކަމަށާއި ހައްޖުގެ އަޅުކަމަށް އަންނަ އެންމެން ވެސް މަތިވެރި އަޅުކަން ސިޔާސީ ކަމަކަށް ވެދާނެ ހުރިހާ ކަމަކުން ދުރުހެލިވެ ތިބުމަށް ސުދައިސް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމަށް ދުނިޔޭގެ އެކި ހިސާބުތަކުން މައްކާ އާއި މަދީނާ އަށް އެތައް ހާސް މުސްލިމުން ޖަމާވަމުންދާ އިރު ސުދައިސް ވަނީ ހައްޖުވެރިން އެކަކު އަނެކަކަށް ހެޔޮ ކަންކަން ކުރުމުގައި ހޭދަކުރުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ވި ޓެރަރިޒަމާއި ހައްދުފަހަނަޅައި ދިއުމަކީ އިސްލާމް ދީން ދެކޮޅު ހަދާ ކަންކަން ކަމަށް ސުދައިސްވަނީ ހައްޖުވެރިންނަށް ހަދުމަކޮށްދީފައެވެ