English Edition
Dhivehi Edition

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގަައި ދެވަަނަ ބުރެއްގެ ވޯޓުލުން ނޯންނާނެކަމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) ވިދާޅުވެއްޖެއެވެެ.

މާލޭގައި “ނޫނު ޖަގަހަ” ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގަައި ވާހަކަދައްކަަވަަމުން އިބޫ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާނީ ދެ ކެންޑިޑޭޓުންކަން ކަށަވަަރުވެފައިވާއިރު، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ލެވޭ ކޮންމެ ވޯޓަކީ ވަރަށް މުހިންމު ވޯޓެއްކަމަށެވެ، އަދި އެ ވޯޓު އިންތިޚާބުގެ ފުރަތަމަ ބުރުގައި ބޮޑުތަނުން އިންތިޚާބު ކާމިޔާބުކުރަންޖެހޭކަމަށް އިބޫ ވިދާޅުވިއެވެ .

ރީ-ރަަޖިސްޓްރޭޝަން ކުރި މީހުން އަދަދާއިމެދު ހިތްހަމަޖެހޭކަން ފާހަގަކުރައްވާ އިބްރާހިމް މުހައްމަދު ސާލިހް ވަނީ މާދަމާ ރޭ 12:00ގެ ކުރިން ރީ-ރަޖިސްޓްރޭޝަންގެ ކަންކަން ނިންމުމަށް ހުރިހާ ރަައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.