English Edition
Dhivehi Edition
ފޮޓޯ: ޕޮލިސްލައިފް

ސެޕްޓެމްބަރު 23 ގައި އޮންނަ ދިވެހިރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ޢުމަރު ނަސީރު ވާދަ ނުކުރައްވަން ނިންމަވައިފިއެވެ.

މިއަދު ޢުމަރު ނަސީރުގެ ފޭސްބުކް ޕޭޖްގައި ވަނީ ކުރިޔަށް އޮންނަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވާދަ ނުކުރަށްވާނޭކަމަށް ވިދާޅުވެފައެވެ. އެ ބަޔާނުގައި ވިދާޅުވެފައި ވާގޮތުގައި އެއީ މިހާރު ރާއްޖޭގެ މަސްރަހު އޮތްގޮތުން، ހަރުދަނާ ސިޔާސަތު ތަކާ ޤައުމު އަމާން މިސްރާބަކަށް ގެންގޮސްދޭނެ ލީޑަރުން އިންތިޚާބު ކުރުމަށް ވުރެ ބޮޑަށް މި ރިޔާސީ އިންތިޚާބު ބަދަލުވެފައި މިވަނީ ފެންނަ ނުފެންނަ ވޯޓަކަށް ވާތީއެވެ.

އިންތިޚާބުގައި ކުރިން އެމަނިކުފާނު ވާދަކުރަން ނިންމެވީ ޑްރަގާ މީހުންމެރުމާކޮރަޕްޝަން ގެ އަމަލު ތަކުން ދިވެހީން ސަލާމަށް ކޮށް އިސްލާމްދީނުގެ ހަމަތަކުގެ މަތީގައި ގާއިމުވެ އޮންނަ އަމާން ތެދުވެރި މުރާލި މުޖްތަމައަކަށް ދިވެހި މުޖްތަމައު ބަދަލުކުރުމަށް ކަމަށް އުމަރު ވިދާޅުވެފައި ވެއެވެ.

އަދި އެ މަސައްކަތްތައް ކުރާތާ 10 އަހަރު ވެއްޖެ ކަމަށްވެސް ފާހަނގަ ކުރެއްވިއެވެ.

އުމަރު ނަސީރަކީ ކުރީގެ ރާއްޖޭގެ ހޯމް މިނިސްޓާ ކަންވެސް ކުރެއްވި ބޭފުޅެކެވެ. އަދި ސިޔާސީ ގޮތުން ވަރަށް ފުންނާބު އުސް ބޭފުޅެކެވެ.