English Edition
Dhivehi Edition

ރާއްޖޭގައި ދިމާވާ ހުރިހާ ކަމެއް ހައްލުނުވެ އޮތް ކަމަކީ، ވެރިންނަށް އެކަންކަމާއި ކުރިމަތިލާން ނުކެރުން ކަމަށް ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުމުން އުމަރު ރޭ ބޭއްވި “ވާމް އަޕް” އިވެންޓުގައި ވާހަކަ ދައްކަވަމުންނެވެ.

ޢުމަރު ވިދާޅުވީ މިހާރުވެސް ވެރިކަމުގައިތިއްބެވި ބޭފުޅުންގެ ތިއްބެވީ މިކަންކަން ހައްލު ކުރުމުގައި ފައިލްވެފައި ކަމަށާއި މިކަންކަމުގެ ހައްލަކީ އޭނާކަމަށެވެ.

ރާއްޖޭގައި ހުރި މައްސަލަތައް އޮތް ހައްލަކީ އޭނާކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ޢުމަރު އިތުރަށް ވިދާޅުވީ 2023ގެ ރިޔާސީ އިންތިޚާބުގައި، އޭނާ ވާދަކުރަނީ ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރުމަަށް ކަމަށެވެ. އަދި އެކަން ހަގީގަތަކަށް ހަދާނީ ވެސް އޭނާކަމަށެވެ.

އޭނާގެ ސިޔާސަތުތައް ހިއްސާ ކުރައްވަމުން ޢުމަރު ވިދާޅުވީ ރާއްޖޭގައި އޮތް އެންމެ ބޮޑު އެއްމައްސަލަ ކަމުގައިވާ މަސްތުވަތަކެތި ހުއްޓުވެނީ އެކަމުގެ އެންމެ ފުރަތަމަ މަގު ބަންދު ވެގެންކަމަށެވެ. އެއީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރާ މީހާ ހުއްޓުވިގެންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

“އެކަން ކުރުމަށްޓަކައި، އަޅުގަނޑުގެ ސިޔާސަތަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ މީހާއަށް މަރުގެ އަބަދު ދިނުން. އެކަން ތަންފީޒު ކުރުމަކީ އަޅުގަނޑުގެ ވެރިކަމެއްގައި ކުރާނެ ކަމެއް. މަސްތުވާތަކެތީގެ ބޮޑު ޒަމާންވީ މައްސަލައަށް ހައްލު ނުހޯދޭ ސަބަބުވެސް އެނގޭ. އެއީ ވަރަށް ގިނަ ބަޔަކާއި ގުޅިފައިވާ ފުޅާ ހަރަކާތެއް.” ޢުމަރު ވިދާޅުވިއެވެ.