އަންހެނަކު ދުއްވާފައި ދިޔަ ސައިކަލެއް ޕާކުކުރަން އުޅެނިކޮށް ކޮންޓްރޯލް ނުވެގޮސް މަޖީދީމަގުގައި ހުންނަ ރެޑްވޭވް ފިހާރައިގެ ތެރެއަށް ވަދެއްޖެ އެވެ.
ޕާކު ކުރަން އުޅެނިކޮށް ރޭސް ދެވި ސައިކަލް ކޮންޓްރޯލް ނުވެގޮސް ފިހާރައިގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް އޭގައި އިން މީހާ އާއެކު ސައިކަލް އޮތީ ފިހާރައިގެ ރެކްތަކުގެ ކައިރީގަ އި ކަމަށް މަންޒަރު ދުށް މީހަކު ކިޔައިދިނެވެ..
މިހާދިސާގައި އަންހެން މީހާއަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު އޭނާ މިހާރު ވަނީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ފުލުހުން ދަނީ މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.