English Edition
Dhivehi Edition
ފޮޓޯ:ނިޝާން އަލީ/މިހާރު

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވުމަށްޓަކައި، ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅުއްވައިފި އެވެ

އެ ދެބޭފުޅުންގެ ފޯމު އީސީ އާއި ހަވާލު ކޮށްދެއްވީ އެ ކޮމިޝަން ގައި ބޭއްވި ރަސްމިއްޔާތެއް ގައި، ޕީޕީއެމްގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. ކެންޑިޑެސީ ފޯމާ ހަވާލުވެވަޑައިގަތުމަށް ފަހު އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ކެންޑިޑެސީ ބަލައިގަތުމާ މެދު ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އެ ކޮމިޝަނުން ގޮތެއް ނިންމާނެ ކަމަށެވެ

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މިހާތަނަށް ތިން ބޭފުޅުން ވަނީ ފޯމް ހުށަހަޅުއްވާފައެވެ. އެންމެ ފުރަތަމަ ކެންޑިޑެސީ ފޯމް ހުށަހެޅުއްވީ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އޭނާގެ ރަނިންމޭޓް ފައިސަލް ނަސީމްއެވެ.

އޭގެ ފަހުން، އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ދަފްތަރު ނަމްބަރު 6562، ހުސައިން ނަސީރާއި އޭނާގެ ރަނިންމޭޓް އަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ޝައިޚް ނަސްރުﷲ މުސްތަފާވަނީ ހުށަހަޅުއްވާފައެވެ