ރާއްޖެޓީވީ ދެ މިލިޔަން ރުފިޔާ އިން ޖޫރިމަނާކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނިންމައިފިއެވެ.
ރާއްޖެ ޓީވީ ޖުރިމަނާކުރަން ނިންމީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންޓެންޓެއް ގެނެސްދީފައިވާ ކަމަށް ބުނެ އެވެ.
މީގެ ކުރިން ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ރާއްޖެޓީވީ އެކި ފަހަރުމަތިން ޖޫރިމަނާކޮށްފައެވެ.
އަބުރުގެ ގާނޫނުގެ ދަށުން ރާއްޖެ ޓީވީ މިިދިޔަ އަހަރު ފުރަތަމަ ޖޫރިމަނާކުރީ 250،000ރ. އިންނެވެ. އެ ޖޫރިމަނާ ދެއްކި ދުވަހު ވެސް އެ ސްޓޭޝަން ވަނީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ. އޭގެ ފަހުން ވެސް ބޮޑު އަދަދުތަކުން ޖޫރިމަނާކޮށްފައި ވެ އެވެ.