އެމެރިކާގެ މަތިންދާ ބޯޓެއްގެ ފާޚާނާ ތެރެއަށް މާބަނޑު އަންހެނަކު ބައިގެންގޮސް ވިހައިފިއެވެ.
ލާ ގާޑިއާ އެއާޕޯޓުގައި އޮތް އެމެރިކާގެ މަތިންދާ ބޯޓެއްގެ ފާހާނާ ތެރެއިން އަންގާރަ ދުވަހު ފެނުނީ ދުވަސް ނުފުރޭ ކުއްޖެކެވެ. ރިޕޯޓްތައް ބުނާގޮތުން މި ކުއްޖާއަށް ވާނީ 3 ނުވަތަ 6 މަހެވެ.
ލޭންޑް ކޮށްފައި އޮތް މި މަތިންދާ ބޯޓުގެ ތެރެއިން މި ކުއްޖާ ފެނިފައި ވަނީ ބޯޓުގެ ފާޚާނާ ސާފުކުރަން ވަން މަސައްކަތު މީހަކަށެވެ. ނިއުޔޯކް ޕޯސްޓަށް ދިން އިންޓަވިޔުއެއްގައި ފުލުހުން ބުނީ މި މައްސަލަ މިހާރު ފައިލްކޮށް ބަލަމުންދާކަމަށާއި މި މައްސަލައިގައި އެ ކުއްޖާގެ މަންމަވެސް ހޯދިފައި ވާކަމަށެވެ.
މަރުވެފައި އޮތް ކުއްޖާގެ މަންމައަކީ 18 އަހަރުގެ ކުއްޖެކެވެ. ފްލައިޓުން 18 އަހަރުގެ މަންމަ އާއި އޭނާގެ ދައްތަވެސް ދަތުރުކުރިއެވެ. އަދި ބަނޑަށް އުނދަގޫތަކެއް ވާން ފެށުމުން ދައްތައާއި އެކު ފާޚާނާޔަށް ދިޔައެވެ. ދައްތަ އިނީ ބޭރުގައެވެ. މިމައްސަލައިގައި ފުލުހުން ވަނީ ދެމީހުންނާވެސް ސުވާލުކޮށްފައެވެ.
އެނގިފައިވާގޮތުން މިއީ ގުދުރަތީ ގޮތުން ދިމާވިކަމެކެވެ. ނަމަވެސް ކުއްޖާ މަރުވިގޮތް މިހާރު ދަނީ ހޯދަމުންނެވެ