English Edition
Dhivehi Edition

ސ.އަތޮޅު މަދަރުސާގެ މިއަހަރުގެ އިންޓަރ ހައުސް ޤުރުއާން މުބާރާތް މިއަދު ހެނދުނު ނިންމާލައިފިއެވެ. ދެ ދަންފަޅިއަކަށް ބަހާލައިގެން ބޭއްވި މި މުބާރާތުގައި ދަރިވަރުން ބައިވެރިވެފައިވަނީ ދެ އުމުރުފުރާއަކުންނެވެ. ސ.އަތޮޅު މަދަރުސާގެ އިސްލާމް ޑިޕާޓްމެންޓް އިން އިންތިޒާމްކޮށްގެން މި މުބާރާތް ބޭއްވުމުގެ މަޤްސަދަކީ ދަރިވަރުންގެ ހިތްތަކުގައި ޤުރްއާނަށް ލޯބި ޖައްސައި ދީނީ ކަންތައްތަކަށް ކުދިން އަހުލުވެރިކުރުވުން ކަމަށް އެ ޑިޕާޓްމަންޓުން މަޢުލޫމާތު ދެއްވައެވެ. މިއަހަރު ބޭއްވި މި މުބާރާތުގައި ކުރީ އަހަރުތަކާ ހިލާފަށް ގިނަ ދަރިވަރުން ވަނީ މުބާރާތުގައި ބައިވެރިވެފައެވެ.

  • 2017 ވަނަ އަހަރު އިންޓަރ ހައުސް ޤުރްއާން މުބާރާތުން ވަނަވަނައަށް އައި ދަރިވަރުން:

16 އަހަރުން ދަށް: 1 ވަނަ: މުޙައްމަދު އައިހަމް ޝަރީފް، 10ބީ (ޣާޒީ ހައުސް) 2 ވަނަ: ފާތިމަތު ޝަހުދާ ސަވާދު، 8ބީ (ޝަމްސުއްދީން ހައުސް) 3 ވަނަ: އާމިނަތު އަތުފާ، 9އޭ (ހުރަވީ ހައުސް) 19 އަހަރުން ދަށް: 1 ވަނަ: މަރިޔަމް ސަޖާޔާ، 11ބީ (ސިކަންދަރީ ހައުސް) 2 ވަނަ: ފާތިމަތު ނަދާ، 12ބީ (ސިކަންދަރީ ހައުސް) 3 ވަނަ: އައިޝަތު ޝައިމާ، 12އޭ (ޝަމްސުއްދީން ހައުސް) 3 ވަނަ: އައިޝަތު ޖުވެއިދާ، 11ބީ (ޝަމްސުއްދީން ހައުސް) ސ.އަތޮޅު މަދަރުސާއަކީ ދީނީ އަދި ޤައުމީ ކަންތައްތަކަށް އަބަދުވެސް އިސްކަންދޭ ސްކޫލެކެވެ. މިގޮތުން އިސްލާމް ކުލަބް އިން އިސްނަގައިގެން މިއަހަރު ވަނީ ސްކޫލުގެ މަތީ ޘާނަވީގައި ކިޔަވަމުންދާ ދަރިވަރުންނަށް ޚާއްސަކޮށްގެން އިސްލާމް ކުއިޒެއް ބާއްވާފައެވެ. އަދި ބުރާސްފަތި ދުވަހުގެ އެސެމްބްލީގައި ދިވެހި ކުލަބުން ވަނީ ޝަހީދުންގެ ދުވަހާ ގުޅޭ ހާއްސަ ހަރަކާތްތަކެއްވެސް ހިންގާފައެވެ.