English Edition
Dhivehi Edition
ސްޕިރިޓުއަލް ކައުންސެލަރ އެމަތިސްޓް 30އ

އެމެތިސްޓް ރިއަމް އަކީ އުމުރުން 30 އަހަރުގެ ސްޕިރިޓުއަލް ކައުންސިލަރެކެވެ.

އިނގިރޭސިވިލާތުގެ ބްރިސްޓޯލް ގައި ދިރި އުޅޭ އެމެތިސްޓް ނަމަކަށް ކިޔާ މި އަންހެން މީހާ ބުުނެފައި ވާގޮތުން މިދިޔަ އެގާރަ އަހަރުގެ ތެރޭގައި އޭނަވަނީ 20 ޖިންނިންނާ ލޯބީގެ ގޮތުން ގުޅުންބާއްވާފައެވެ.

ނިއު އައިޑިއާ މެގަޒިންއަށް ދިން އިންޓަވިއު އެއްގައި އެމެތިސްޓް ބުނެފައި ވަނީ އޭނަ އޮސްޓްރޭލިއާ އަށް ކުރި ދަތުރެއްގައި ގޭގެ ގޯތި ތެރޭގައި ގަހަކާ ކުޅެލަ ކުޅެލަ އިންދާ ކުއްލިޔަކަށް އެހެން މީހަކު ކައިރީގައި ވާހެން ހީވިކަމަށެވެ. ނަމަވެސް މީހަކު ފެންނާކަށްނެތްކަމަށާއި އެވަގުތު ހިތަށްއެރީ މިއީ އާ ލޯބިވެރިޔަކާ ބައްދަލުވީ ވަގުތެއްކަމަށެވެ. ކަންތައްތައް ވެގެން ދިޔައީވެސް ހީކުރި ގޮތަށްކަމަށް އޭނާވަނީ ބުނެފައެވެ.

އޭރު އިންސާނަކާ ރައްޓެހިވެގެން އުޅުނު އެމަތިސްޓް ބުނެފައި ވަނީ ލޯބިވެރިޔާ ގޭގައި ނުހުންނަ އިރު ޖިންނި ލޯބިވެރިޔާ އާއި އެކު އަބަދުވެސް ޖިންސީ ގުޅުން ހިންގަމުންދާކަމަށެވެ. ” އަހަރެން ދުވަހަކުވެސް ޖިންނި ލޯބިވެރިޔާ ގެ ސިފައެއް ނުދެކެން އެކަމަކު އޭނަ ކޮޓަރިތެރެޔަށް ވަނުމުން އަހަރެންގެ ގަޔަށް ބަރުވެ ލޯބީގެ އިހުސާސްތަކެއްކުރެވޭ، ނަމަވެސް އެއްދުވަހަކު ލޯބިވެރިޔާ ގެއަށް އައިވަގުތު ޖިންނި ކޮޓަރިން ނިކުންނަމުން އޭނައަށް ސިފަދެއްކި އެހާހިސަބުން އަހަރެންގެ ލޯބިވެރިޔާ އަށް ބޭވަފާތެރިވާ ކަމަށް ބުނެ އަހަރެން ދޫކޮށް ދިޔައީ އެއީ މީގެ 10 އަހަރު ކުރިން” އެމެތިސްޓް ބުންޏެވެ.

އެމެތިސްޓް ބުނެފައި ވާގޮތުގައި މިހާރު އެ ޖިންނި އާއެކު ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ 11 އަހަރު ވެއްޖެއެވެ. ނަމަވެސް މި އެގާރަ އަހަރުތެރޭގައި ތަފާތު ޖިންނި ލޯބިވެރިން ގެންގުޅުނަސް އޮސްޓްރޭލިއާ އިންދިމާވި ޖިންނިއެއްދެކެ ހަގީގީ ލޯބި ވެވި މިހާރު އޭނަ އާއި އެކު ދަރިން ހޯދަންވެސް އުންމީދު ކުރާކަމަށް އެމެތިސްޓް ބުންޏެވެ. އެމެތިސްޓް ބުނެފައި ވާގޮތުގައި ޖިންނީގެ ސިފަ ނުފެންނާތީ އޭނަދެކެ ލޯބިވެގެން ވަގުތު ހޭދަކުރަމުން އަންނަ ޖިންނިއަކީ އަންހެން ޖިނިއެއްކަމެއް ނޫނީ ފިރިހެން ޖިންނިއެއް ކަމައެއް ކަށަވަރު ނުވާކަމަށެވެ.

މީގެ ދިހަ އަހަރު ކުރިން އިންސާނުންނާ ލޯބީގެ ގުޅުން ބޭއްވި އެމަތިސްޓް މިހާރު ޝައުގުވެރިވަނީ ޖިނިންނަށެވެ. އޭނަ ބުނެފައި ވަނީ ޖިންނިއަކާ ލޯބީގެ ގޮތުން ގުޅި ދިރި އުޅުމެއްފެށުމަކީ މައްސަލައެއް ނޫންކަމަށެވެ. އަދި އޭނަ ގަބޫލްކުރާގޮތުގައި ދަރިންވެސް ހޯދިދާނެއެވެ.