English Edition
Dhivehi Edition

ދެކުނު އެމެރިކާގެ ސިޓީއެއް ކަމަށްވާ ޗައިލްގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މާނާކުރަން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

މިދިޔަ ހުކުރު ދުވަހު ސިޓީގެ ގާނޫނު ހަދާ މަޖިލީހުން މި ބިލް ފާސްކޮށްފައި ވާއިރު ޗައިލްގެ ރައީސް ސެބާސްޓިއަން ޕެނަރާ މިވަނީ މި ބިލް ބަލައި ގެންފައެވެ. އަދި ރައީސް ވިދާޅުވީ މިއަދުން ފެށިގެން މި ގާނޫނަށް އަމަލު ކުރަން ފަށާނޭ ކަމަށާއި މި ލިބިގެން ދިޔައީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.

ރައްޔިތުންނާ ބައްދަލު ކުރައްވަން ސޭންޑިއާގޯގައި މިދިޔަ ހުކުރު ދުވަހު ބޭއްވި ބައްދަލުވުމެެއްގައި ސެބާސްޓިއަން މިހެން ބުނެފައި ވާއިރު ޗައިލް ވެގެން ދާނީ ދެކުނު އެމެރިކާގައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މަނާ ކުރާ ފުރަތަމަ ގައުމަށެވެ. ގާނޫނަށް އަމަލުކުރަން ފެށުމުން ކުދި ފިހާރަތަކަށް 2 އަހަރުގެ މުއްދަތެެއް މިކަމަށް ހޭލުންތެރިކުރަން ދޭނެއެވެ. އަދި ބޮޑެތި ފިހާރަތަކަށް 6 މަސްދުވަސް ދޭނެކަމަށް ގަވައިދުގައިވެއެވެ.

ބިލުގައި ވާގޮތުން މިހާރު ވިޔަފާރި ކުރަން އަންނަ ކޮންމެ މީހަކަށް ދެވޭނީ ގިނަވެގެން 2 ކޮތަޅެވެ. އަދި މި ގަވާއިދަށް ކަންތައް ނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްވެސް ވަނީ ނިންމާފައެވެ. މިގޮތުން މިފަރާތްތައް 370 ޔޫއެސްޑޮލަރުން ޖޫރިމަނާ ކުރެވޭނެއެވެ.

ދުނިޔޭގެ ސައިންވެރިން ބުނާގޮތުން ޕްލާސްޓިކް ކޮތަޅުގެ ސަބަނުން ކޮންމެ އަހަރަކުވެސް އެތައް މިލިޔަން ކަނޑުގެ ދިރުންތައް ނެތިގެންދެއެވެ. އޭގެ އަސަރު އިންސާނުންނަށްވެސް ކު ކުރާއިރު އެންމެ ޕްލާސްޓިކް ކޮތަޅެއްވެސް ހަލާކުވުމަށް 450 ވަރަކަށް އަހަރު ނަގައެވެ.

ޗައިލްގައި 17 މިލިއަނަށް ވުރެ ގިނަ ރައްޔިތުން ދިރިއުޅެއެވެ.