English Edition
Dhivehi Edition

ރައީސް ޔާމީންގެ ފަރާތްޕުޅުން އިންސާނިއްޔަތުކަން ވެސް ފެންނަން ޖެހޭކަމަށާއި އެހެންނަމަވެސް ކުރީގެ ރައީސް މައުމޫންގެ އުމުރުފުޅާއި ސިއްހަތަށް ބެއްލެވުމަށް ފަހުވެސް އަދަބަށް އެއްވެސް ކަހަލަ ލުޔެއް ދެއްވާފައިނުވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ

ސްރީލަންކާގެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި މި ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރު ދުންޔާ ވިދާޅުވީ ރައްޔިތުން އެއްބައިވަންތަ ކުރުމާއި ބޮޑެތި ކަންކަން ހައްލުކުރުމުގައި ރައީސް ޔާމީން ފެއިލްވެފައިވާކަމަށެވެ.މީގެ އިތުރުން ދުންޔާ ވިދާޅުވީ ރައީސް ޔާމީނަކީ ގައުމަށް ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ.އަދި ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުވުމާ ފަތުރުވެރިކަން ކުރިއެރުމަކީ އޭގެ މިސާލެއް ކަމަށާއި އެހެންނަމަވެސް ގައުމު އެއްބައިވަންތަ ކުރުމުގައި ރައީސް ޔާމީން ފެއިލްވެފައިވާކަމަށް ދުންޔާ ވިދާޅުވިއެވެ

މީގެ އިތުރުން ދުންޔާ ވިދާޅުވީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަކީ ރަނގަޅު އަދި އިހްލާސްތެރި ކެންޑިޑޭޓެއްކަމަށާއި އެއީ ހަމަހަމަކަމާއި އިންސާފަށް ލޯބި ކުރައްވާ ބޭފުޅެއް ކަމަށެވެ