English Edition
Dhivehi Edition

އަންނަ މާޗު 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް އިއްޔެ ބޭއްވި ޕްރައިމަރީގައި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފިއެވެ.

ޕީޕީއެމް/ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި ދުންޔާ ވާދަކުރެއްވީ ހުޅުމާލެ ދެކުނު ދާއިރާއަށެވެ. އެ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ކަށަވަރު ކުރެއްވީ ޝަނީޒް ހާޝިމް (ޝާންކޮ) އެވެ. އޭނާ އަށް 240 ވޯޓު ލިބުނެވެ. ދެ ވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނީ ރަހުމަތުﷲ އަޝްރަފަށެވެ. އޭނާ އަށް 102 ވޯޓު ލިބުނެވެ. ތިން ވަނަ އަށް ދިޔަ ދުންޔާ އަށް ލިބިވަޑައިގަތީ އެންމެ 70 ވޯޓެވެ.

އިއްޔެ ނިމިގެން ދިޔަ މި އިންތިޚާބުގެ ކެމްޕެއިންގައި ދުންޔާ އާއި އެކުގައި މި ސަރުކާރުގެ ބައެއް ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ބައެއް ވަޒީރުންގެ އިތުރުން އެމްއާރުއެމްގެ ރައީސް އަދި ދުންޔާގެ ބޭބެ ފާރިސް މައުމޫން ވެސް އަމަލީ ގޮތުން ކެމްޕެއިންގައި ހަރަކާތްތެރިވެވަޑައިގެންނެވިއެވެ.

މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ދުންޔާ ވާދަކުރެއްވި ފުރަތަމަ އިންތިހާބެވެ.