English Edition
Dhivehi Edition

އިނގިރޭސިވިލާތުގެ ކޯޓަކަށް ހުށަހަޅާފައިވާ ވަރީގެ މައްސަލައެއްގައި، ފިރިމީހާގެ މިލްކިއްޔާތުގެ އެއްބައި ހޯދުމުގެ ދައުވާ އަނބިމީހާއަށް ކުރެވޭނެކަމަށް ބުނެ ޝަރީއަތާއި ޤާނޫން އެއީ ރަމްޒީ ނިންމުމަކަށް ބަލައިފިއެވެ

ޝަރީއަތާއި ޤާނޫން އެއީ ރަމްޒީ ނިންމުމަކަށް ބަލައިގެން އިނގިރޭސިވިލާތުގެ ކޯޓަކުން ފުރަތަމަ ފަހަރަށް ބެއްލެވި މައްސަލައެއްގައި، ފިރިމީހާގެ މުދަލުން ބައެއް އަނބިމީހާއަށް ޙައްޤުވެގެންވާކަމަށް ގާޒީވަނީ ހާމަކޮށްފައެވެ.އިނގިރޭސިވިލާތުގެ ކޯޓަކުން މިގޮތަށް ނިންމީ 1998 ވަނަ އަހަރު އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ކައިވެނިކޮށްފައިވާ ނަސްރީން އަޚްތަރު އާއި މުޙައްމަދު ޝަބާޒް ޚާން ވަރިވާން ބޭނުންވެ އެ މައްސަލަ ކޯޓަށް ހުށަހެޅުމާއި ގުޅިގެންނެވެ.

އިނގިރޭސި ޤާނޫނުގެ ދަށުން އެދެމީހުން ތިބީ ކައިވެނިކޮށްގެން ނޫންކަމާއި، އެދެމީހުންގެ ކައިވެނި ކުރެވިފައިވައި ވަނީ ޝަރީޢަތާއި ޤާނޫނުގެ ދަށުން ކަމަށް ބުނެ މުޙައްމަދު ޝަބާޒް ޚާން ބޭނުންވީ ނަސްރީން އަޚްތަރު ވަރިވުމަށް އެދި ހުށަހަޅާފައިވާ މައްސަލައަށް ހުރަސްއެޅުމަށެވެ.އެހެންނަމަވެސް އިސްކޯޓުން ބުދަދުވަހު ނިންމެވުމުގައި ވާގޮތުން އެދެމީހުންގެ ކައިވެނި އެއީ ޤާނޫނީގޮތުން ޤަބޫލުކުރެވޭ އަދި ބަލައިގަނެވޭ ކައިވެންޏެކެވެ.

އެއީ ޝަރިއްޢަތާއި ޤާނޫނުގައި ކަނޑައެޅިފައިވާ ވައުދުތަކާއި ބްރިޓިޝް މެރިއޭޖް ކޮންޓްރެކްޓްގައި ކަނޑައެޅިފައިވާ ޤަބޫލުކުރުންތަކާއި ދާދީ އެއްގޮތްވުމުންނެވެ. އެހެންކަމުން ޔޫކޭ ގައި އަންހެނަކު ވަރިވާންބޭނުންވެއްޖެނަމަ، އިސްލާމީ އުސޫލުތަކާއި ހަމަތަކާއި އެއްގޮތަށް ކައިވެނިކޮށްފައިވާނަމަ، ފިރިމީހާގެ މިލްކިއްޔާތުގެ އެއްބައި ހޯދޭނެ ފުރުޞަތު ހޯއްދަވައި ދެއްވައި ވަރީގެ މައްސަލަ އަވަސް މުއްދަތެއްގެ ތެރޭގައި ނިންމައިދޭނެކަމަށް ކޯޓުންވަނީ ހާމަކޮށްފައެވެ.