English Edition
Dhivehi Edition
ފޮޓޯ/ ރައީސް އޮފީސް

މި އަހަރުގެ ސެޕްޓެމްބަރު މަހު 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވާދަނުކުރައްވާކަން މިހާރު ޔަގީންވެފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ރޭ ސޯލްޓްކެފޭގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަމީރު ވިދާޅުވީ ޔާމިން އިންތިހާބުގައި ވާދަނުކުރާނެ ކަން މިހާރު ޔަގީން ވެފައިވާކަމަށާއި ރައްޔިތުންގެ ތާއިދު ނެތް ބޭފުޅަކު އެފަދަ މަގާމަކަށް ކުރިމަތި ލައްވައިގެން ތާއިދު ނުލިބޭނެކަން ހުދު ޔާމީން ވެސް މިހާރު ގަބޫލު ކުރައްވާކަމަށެވެ. އެހެންކަމުން މިއަދާ ހަމައަށް އައިއިރުވެސް އިންތިހާބުގައި ވާދަކުރުމަށް ޔާމިން އިލެކްޝަނަށް ފޯމް ވެސް ހުށަހަޅާފައި ނުވާކަމަށް ސަމީރު ވިދާޅުވިއެވެ

ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން މިހާތަނަށް އިއުލާންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ)އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ކުރީގެ ނައިބް ޝުޖާއު ހުސައިން އެވެ

1 ކޮމެންޓް
Abdulla saeed
އޮގަސްޓް 2, 2018
Sameer thoa dhen kurimathi Laani.