English Edition
Dhivehi Edition

ދަނގެތީގައި ހުރި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކެމްޕެއިން ޖަގަހައެއްގައި ރީދޫ ކުލަލުމަށްފަހު އެ ޖަގަހަ އެމްޑީޕީގެ ޖަގަހައަކަށް ބަދަލުކޮށް ކޯލީޝަންގެ ރަންނިން މޭޓް ފައިސަލް ނަސީމް ހުޅުވައިދެއްވި މައްސަލަ ހޫނުވެއްޖެއެވެ

ދަނގެތީގައި ޖޭޕީއަށް ތާއިދުކުރާ ފަރާތްތަކުން ބުނެފައިވަނީ މީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށާއި މި އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމުގައެވެ. އެ ރަށުގެ ޖޭޕީގެ މެމްބަރުން ބުނެފައިވަނީ އެ ޖަހަގައަކީ މީގެ ކުރިން ޕީޕީއެމްގެ ކެމްޕޭން ޖަގަހައެއް ކަމަށް ބުނެ ހަޤީގަތް އޮޅޭ ފަދަ ފަދަ ވާހަކަތައް ދައްކަމުންދާ ކަމަށާއި އެހެންނަމަވެސް އެ ޖަގަހައަކީ އެންމެ ކުރިން ފެށިގެން ވެސް ޖޭޕީގެ ޖަގަހައެއް ކަމަށެވެ

ޖޭޕީގެ ޖަގަހަ،ރީދޫ ކުލަލީ މައްސަލައިގައި އެ ރަށުގެ ޖޭޕީ ސަޕޯޓަރުން ހިތްހަމަނުޖެހުން ފާޅުކުރަމުންދާއިރު އެ ފަރާތްތަކުން ބުނެފައިވަނީ އެ ޖަގަހައިގައި ހުރި ގާސިމްގެ ފޮޓޯތައްވެސް މިހާރު ބޭރުކޮށްފައިވާ ކަމަށެވެ. އަދި މީ މަކަރާއި އޮޅުވާލުމުގެ ތެރެއިން ހިންގާފައިވާ ކަމެއް ކަމަށް އެ ފަރާތްތަކުންދަނީ ތުހުމަތު ކުރަމުންނެވެ.

މި މައްސަލަ އާއި ގުޅިގެން އަދި އެމްޑީޕީ އަދި ގުޅިފައިވާ ކޯލިޝަނުންވެސް ވަކި ޖަވާބެއް ދީފައެއް ނުވެއެވެ

ޓެގު