English Edition
Dhivehi Edition

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް އާޓްސްގެ ޑީންގެ މަގާމަށް އާސިމް އަބްދުލް ސައްތާރު އައްޔަންކުރައްވައިފި އެވެ

މިއަދު އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ފެކަލްޓީގެ ޑީނަކަށް އައްޔަންކުރިކަމުގެ ލިޔުން އާސިމަށް ހަވާލުކޮށްދެއްވީ، ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒު ޝަރީފެވެ

އާސިމް އަކީ ތަފާތު މަޤާމު ތަކުގައި ގިނަ ދުވަހު އެމްއެންޔޫއަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2008 އިން 2012އަށް ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީންގެ މަގާމް ވެސް އަދާކުރައްވާފައިވެއވެ. އަދި ލެކްޗަރަރ އެއްގެ މަޤާމާއި

ޔުނިވާސިޓީ ކައުންސިލްގެ މެމްބަރުކަމާއި އެކަޑެމިކް ސެނެޓާއި އެކަޑެމިކް ބޯޑުގެ މެމްބަރުކަން ވެސް އަދާކުރައްވާފައިވާފައިވެއެވެ

އާސިމްވަނީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ކަމާއި ރާއްޖޭގެ ބައެއް ސްކޫލުތަކުގެ އެންމެ އިސް މަގާމުތައް ވެސް އަދާކުރައްވައިފަ އެވެ.

އާސިމް ޑިގްރީ ހާސިލްކުރެއްވީ ޔުނިވާސިޓީ އޮފް ސައުތު ޕެސިފިކުް އިންނެވެ. މާސްޓާސް ހާސިލްކުރެއްވީ އޮސްޓްރޭލިއާގެ އެޑިތް ކޮވަން ޔުނިވާސިޓީންނެވެ.