ޓީވީ އެކްޓްރެސް ދަލްޖީތް ކައުރް އޭނާގެ ފިރިމީހާ ކައިރިން ވަރިވުމުން މުޖްތަމައު އޭނައަށް ދެއްކީ “ވަރި” އަކީ އަމިއްލަ އަށް މަރުވުން ފަދަ ކަމެެއްކަމަށް ބުނެފިއެވެ.
އެންޑީޓީވީ އިން ރިޕޯރޓް ކޮށްފައި ވާގޮތުގައި ސްޓާ ޕްލަސްއިން ދައްކަމުންދާ ޑްރާމާ ” ގަޔާމަތް ކީ ރާތް” ގެ ތަރިއެއް ކަމަށްވާ ދަލްޖީތް އޭނާގެ ފިރިމީހާ ޝަލީން ބަނޮތް ކައިިރިން ވަރި ވެފައި ވަނީ އޭނައަށް ޖިސްމާނީ އަނިޔާ ކުރަމުންދާތީ ކަމަށްބުނެއެވެ.
ފިރިމީހާކައިރިން ދަލްޖީތް ވަރިވިއިރު މިދެމީހުންނަށް ފިރިހެން ދަރިޔަކު ލިބިފައި ވެއެވެ. ދަލްޖީތް ބުނެފައިވަނީ ފިރިމީހާ ރުޅިއައިސްގެން ކުރާ އަނިޔާއިން ސަލާމަތްވެ އޭނާ ދެން ބޭނުންވަނީ ދަރިފުޅާއެކު މަންމަ މެންކައިރީގައި ދިރިއުޅެމުން އަލުން ޑްރާމާކުޅުމަށް ފަށާ އާމްދަނީ އެއްހޯދާ ދަރިފުޅު ރަނގަޅަށް ބަލާބޮޑު ކުރުމަށެވެ.
އެންޑީޓީވީ އިން ރިޕޯރޓް ކޮށްފައި ވާގޮތުގައި ދަލްޖީތް ބުނެފައިވަނީ މިއަދު ވަރިވުމުން އެއްބަޔަކު ހިތްވަރު ދިންކަމުގައި ވީނަމަވެސް އަނެއްބަޔަކު އޭނާ އަށް ފޮނުވާފައި ވަނީ މީހަކު އަމިއްލައަށް މަރުވެފައި ވާ މަންޒަރު ފެންނަ ފޮޓޯއެއްކަމަށާއި އެމީހުން ދޭންބޭނުން ވީ މެސެޖަކީ ދަލްޖީތްގެ ހަޔާތް މިހާހިސާބުން ނިމުނީ ކަމަށެވެ. ބަޔަކު ކުރި މިއަމަލާ ދޭތެރޭ ކަންބޮޑުވެ ހުރެ ވާހަކަ ދައްކަމުން ދަލްޖީތް ބުނެފައިވަނީ، “އަހަރެން ވަނީ ކުރަން ނުޖެހޭވަރު ކަމެއްކޮށްފައި، އެކަންތަކާ ކުރިމަތިވެސްލިން އެހެން ނަމަވެސް މިހާރު އަހަރެން މިއުޅެނީ ވަރަށް ހިތްހަމަ ޖެހިގެން ހުރިހާ ކަމެއްވެސް ދަނީ ރަނގަޅަށް” ދަލްޖީތް ބުނެފައި ވެއެވެ.
އުމުރުން 35 އަހަރުގެ ދަލްޖީތް ފެނިގެން ގޮސްފައިވަ މަޝްހޫރު ޑްރާާމާ ތަކުގެ ތެރޭގައި އިސްޕިޔާރ ކޯ ކިޔާނާމްދޫން، ކުލްވައްދު، ސަވަރާގިނި ހިމެނެއެވެ.