English Edition
Dhivehi Edition

ފޮނިތޮށްޓަކީ ހަވާދުގެ ބާވަތަކަށް ނިސްބަތްވާ އެއްޗެކެވެ. އާންމު ގޮތެއްގައި ބަދިގެ ތެރޭގައި ރިހައިގެ ބާވަތްތައް ކެއްކުމަށް ބޭނުން ކުރާއެއްޗަކަށް ފޮނިތޮށި ވީނަމަވެސް ބައެއް ފަހަރު ޑެޒަޓް ތައްޔާރު ކުރުމަށާއި ގާނިޝްކުރުމަށް ފޮނިތޮށިބޭނުން ކުރެއެވެ. ފޮނިތޮށްޓަކީ ސިއްހަތަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ. އިސްތަށިގަނޑަށާއި ހަންގަނޑަށް އަދި ސިއްހީ ވަރަށްގިނަ ކަންތަކަށް ފޮނިތޮށިން ފަރުވާ ދެވިދާނެއެވެ.

ބައެއްކަހަލަ ޝޭމްޕޫ، ލޯޝަން، ސައިބޯނި އަދި މޫނު ދޮންނަ ފޯމް ނޫނީ މޫނުގައި އުނގުޅާ ކްރީމް ތަކުގައި ފޮނިތޮށި ބޭނުން ކޮށްފައި ހުންނަ ތަން ފެނެއެވެ. އެހެންކަމުން މިގެނެސްދެނީ އިންޑިއާގެ ބިއުޓީ އެކްސްޕާޓެއް ކަމަށްވާ ވަނީތާ ކްރިޝްނާން އަދި ސްކިން ސްޕެޝަލިސްޓެއް ކަމަށްވާ ސަރަވަނަން ފޮނިތޮށިބޭނުން ކޮށްގެން މީހުންގެ ހަންގަޑަށް ފަރުވާ ދިނުމަށް ބޭނުންކުރާ ކުރާޕޭސްޓެއް ތައްޔާރު ކުރާނެގޮތެވެ.

ލަކުނު އަދި ބިހި ފިލުވުމަށް :

އެއްސަމްސާ މުގުރި ފޮނިތޮށްޓާ ދެ ސަމްސާ މާމުއި އެއްކޮށްލާށެވެ. އެއަށްފަހު މޫނުގައި ބިހި ނާގާފައި ވާތަންތަން އަދި ލަކުނު ތަކުގެ މަތީގައި އިނގިލިން މަޑުމަޑުން ތައްޔާރު ކުރި ޕޭސްޓް އުނގުޅާށެވެ. ދެން 25 މިނެޓްފަހުން ފިނިފެނުން ދޮވެލާށެވެ. ބިއުޓީ އެކްޕާޓް ވަރްޝާ ބުނެފައި ވަނީ މި ޕޭސްޓް މޫނުގައި އުނގުޅުމުން މުނުގައި ހުންނަ ތެޔޮކަން ފިލައިގެން ދިޔުމުގެ އިތުރުން މޫނުގެ ހަންގަޑުގައި ލޭދައުރު ވުން ރަގަޅުކޮށްދެއެވެ.

ހަންގަޑު ތާޒާކޮށް ޒުވާންކަން އިތުރު ކުރުމަށް:

ސްކިން ސްޕެޝަލިސްޓެއްކަމަށްވާ “ސަރަވަނަން” ބުނެފައި ވަނީ ފޮނިތޮށްޓަކީ އެންޓައި ބެކްޓީރިއަލް އެއްޗަކަށް ވުމުން ހަންގަނޑުގައި ހުންނަ ބެކްޓީރިއާ ތަށް ދުރުކޮށްދީ ހަންގަނޑު ރީތޮކޮށްދެއެވެ. އަދި ފޮނިތޮށްޓާއި ، ޔޯގަޓް،ދޮންކެޔޮ، ލުނބޯޖޫސް އެއްކޮށްލުމަށްފަހު މޫނުގައި ޔާއި ކަރުގައި ހަފްތާއަކު 3 ފަހަރު އުނގުޅުމަށްފަހު ތާފަނާ ފެންފޮދަކުން ދޮވެލުމުން ހަންގަނޑުގެ އޮމާންކަން އިތުރުކޮށްދީ ބިހިފިލިވުމާއި ހަންގަޑުގައި ހުންނަ ރޫތައް ފިލުވުމަށް މި ޕޭސްޓް އެހިތެރިވެދޭނެ ކަމަށް ސަރަވަނަން ބުނެފައިވެއެވެ.