English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫ އިން ގެއްލިގެން ހޯދަމުންދިޔަ އުމުރުން ދުވަސްވީ މީހާ މޫދުގައި ނިޔާވެފައި އޮއްވާފެނިއްޖެއެވެ.

ހަބަރު ލިބިފައި ވާގޮތުގައި މީމީހާ ގެއްލިގެން ހޯދަމުން ދަނީ އިއްުޔެގެ ހަވީރު 17:30 އިން ފެށިގެންނެވެ.

ނިޔާވެފައި އޮއްވާ ފެނުނީ ހިތަދޫ ގޯޔާވިލާ އަބްދުﷲ މަނިކުފާން 80އ އެވެ. އަބްދުﷲ ފެނިފައިވަނީ ހިތަދޫ ލިންކް ރޯޑްކައިރީ ސަރަހައްދެއް ކަމަށްވާ “ކުދުމާހެރަ” ކައިރީ މޫދުގައި އޮއްވައި މިއަދު ހެނދުނު 8:45 ހާއިރުއެވެ. މައުލޫމާތު ލިބިފައި ވާގޮތުގައި މިސަރައްދަކީ އާންމުކޮށް އަބްދުﷲ މޫދަށް ގޮސް އެރި އުޅޭ ހިސާބެކެވެ.

އަބްދުﷲ މަނިކުފާންގެ ހަށިގަނޑު މިހާރު ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންްގޮސްފައެވެ. އެނގިފައިވާގޮތުގައި އަބްދުއްﷲ ހޮސްޕިޓަލަށް ގެނައި އިރުވެސް ވަނީ ނިޔާވެފައެވެ