ރައީސް އަބްދުﷲ ޔާމީން ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް(އިބޫ)އަށް ކުރިމަތި ކުރެއްވި ސުވާލުތަކުގެ ޖަވާބު، މި އަހަރުގެ ރިޔާސީ އިންތިޚާބުން ލިބިވަޑައިގަންނަވާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބޫ ވިދާޅުވެއްޖެ އެވެ
ރައީސް ޔަމީން ކުރެއްވި ސުވާލުތަކާއި ގުޅިގެން އިބޫ ވިދާޅުވީ ރައްޔިތުންނަށް އެއްވެސް ކަމެއް އޮޅިފައި ނުވާ ކަމަށާއި ރައީސް ޔާމީންގެ ސުވާލުތަކަށް ރިޔާސީ އިންތިޚާބުގައި ޖަވާބު ލިބިވަޑައިގަންނަވާނެ ކަމަށެވެ،މީގެ އިތުރުން އިބޫ ވިދާޅުވީ އޭނާގެ އެދިވަޑައިގަތުމަކީ ރައީސް ޔާމީނަށް އިންތިޚާބުގައި ރައްޔިތުން ދޭ ޖަވާބު އެމަނިކުފާނު ގަބޫލުފުޅު ކުރެއްވުން ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓު ރަސްމީކޮށް ރައީސް ޔާމީނަށް އެރުވުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވަނީ އެ އިންތިޚާބަށް އިބޫ އާއި އެމްޑީޕީން ނުކުންނައިރު، ޖަވާބުދާރީވާން ޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް ވިދާޅުވެފައެެވެ