English Edition
Dhivehi Edition

އަށްޑިހައިގެ އަހަރުތަކުން ވިދާލި މަޝްހޫރު ބޮލީވުޑް ތަރި ސަންޖޭދަތުގެ 59 ވަނަ އުފަންދުވަސް ފާހަގަ ކޮށްފިއެވެ.

ސަންޖޭގެ އުފަންދުވަސް އާއިލާ އާއި އެކު ހޭދަކޮށްފައި ވާއިރު އަނބިމީހާ މަންޔަތާ ދަތު ވަނީ ޓްވީޓާގައި ސަންޖޭ އަށް އުފަންދުވަހުގެ ތަހުނިޔާ ކިޔާފައެވެ. އެޓްވީޓްގައި މަންޔަތާ ބުނެފައިވަނީ ސަންޖޭ އޭނާ އާއި ދަރިންނަށްޓަކައި ކޮށްދީފައި ވާކަނަތަކަށް ޝުކުރު އަދާ ކުރާކަމަށާއި ސަންޖޭ އަކީ މަންމަ އާއި ބައްޕަ ފަހުރުވެރިވާ ފަދަ ދަރިއެއްކަމަށެވެ.

ސަންޖޭ ދިރިއުޅޭ ގޭގައި އުފަންދުވަސް ފާހަގަކޮށްފައިވާއިރު، މި ކުޑަ ހަފްލާގައި ، ތަނީޝާ މުކަރްޖީ، އަމްރިތާ އަރޯރާޗަންކީ ޕާންޑޭ ފަދަ ތަރިން ވަނީ ބައިވެރިފައެވެ. އަދި ސަންޖޭ ދަތުގެ ދޮށީ އަންހެން ދަރިފުޅު ތްރިޝާ ދަތު ވެސް އިންސްޓަރގްރާމްގައި ބައްޕައާ އެކު ނަގާފައިވާ ފޮޓޯއެއް ޕޯސްޓްކުރުމަށް ފަހު ‘ޑެޑީ ‘ އަށް ވަނީ އުފަންދުވަހުގެ ތަހުނިޔާ ކިޔާފައެވެ.

ސަންޖޭ އުފަންވީ 29 ޖުލައި 1959 އެވެ.ފިލްމީ ދާއިރާއަށް 1981 ވަނަ އަހަރު ނިކުތް ސަންޖޭ ދަތު ވަނީ މިހާތަނަށް 180 އަށް ވުރެ ގިނަ ފިލްމު ކުޅެފައެވެ. އަދި 37 އަހަރު ފިލްމީ ދާއިރާގައި ހަރަކާތްތެރިވެފައިވާއިރު މިހާތަނަށް އޭނާ އަށް ވަނީ ދެ އައިފާރ އެވޯޑް، ތިން ސްކްރީން އެވޯޑް، ފިލްމު ފެއަރ އެވޯޑްގެ އިތުރުން ނޭޝަނަލް ފިލްމު އެވޯޑް ވެސް ލިބިފައެވެ.

ސަންޖޭ ދަތުގެ އުފަންދުވަހު ސޯޝަލްމީޑިޔާ މެދުވެރިކޮށް ގިނަ އަދަދެއްގެ ފިލްމީ ތަރިން ވަނީ އޭނާއަށް ދުވަހުގެ ތަހްނިޔާ ފޮނުވާފައެވެ.