English Edition
Dhivehi Edition

އެސްޓީއޯގެ ބައެއް ވިޔަފާރީތައް ހުއްޓާލައި އެ ވިޔަފާރީތައް ކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ވިދާޅުވެއްޖެއެވެ

ބ. އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ އެސްޓީއޯ އަކީ ހަމަ އެކަނި ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދުމަށް ޓަކައި ކޮންމެހެން ކުރަން ޖެހޭ އަދި ދައުލަތެއްގެ ފަރާތުން ރައްޔިތުންނަށް ކޮންމެހެން ކޮށްދޭން ޖެހޭ ކަންތައްތައް ކޮށްދިނުމަށް ވިޔަފާރީ ކުރާ ތަނެއްގެ ގޮތުގައި ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ހަދާނެކަމަށެވެ.

މީގެ އިތުރުން އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ސަރުކާރުން ވިޔަފާރީ ކުރުމުގެ ސިޔާސަތު ދޫކޮށްލައްވައި ވިޔަފާރިވެރިންނަށް ވިޔަފާރީ ކުރުމުގެ ފުރުސަތުތައް ތަނަވަސްކޮށްދެއްވާނެ ކަމަށެވެ. އަދި އެސްޓީއޯ އިން ކުރަމުންގެންދާ ބޮޑެތި ވިޔަފާރީތަކުގެ ތެރެއިން ބޮޑު ބައި އާންމު ވިޔަފާރިވެރިންނަށް ދޫކޮށްލާނެކަމަށް އިބޫ ވިދާޅުވިއެވެ

ޓެގު

1 ކޮމެންޓް
އިބޫ
ޖުލައި 31, 2018
ތިޔަހެން ކަންތައްތައްކުރީ 2008 ގަވެސް ސަރުކާރު ކުންފުނިތައް ރައްޓެހިން ނަށް ބަހާލީ ދހެން ރައްޔިތުން ޖެހުނީ ބަނޑަށް ދައުލަތް ވީ ދަރަނި ވެރި ދހެނ މިފަހަރު އެފުރުސަތު ކަލޭމެނަށް ދެވެކަށެއްނެއް ވަރަޢްސޮރީ