ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރަން ހުށަހަޅާފައިވާ ފޯމްތަކުގެ ސައްޙަކަން ކަށަވަރު ކުރާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ރީ-ރެޖިސްޓްރޭޝަން ފޯމް ހުށައެޅުމުގައި އޮޅުވާލުންތަށް ހުރިކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެންނަމަވެސް އެ ކޮމިޝަނަށް ހުށައެޅޭ ހުރިހާ ފޯމެއްގެ ސައްޙަކަން ކަށަވަރު ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށެވެ
އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް ތައްޔާރު ވަމުންދާއިރު އިންތިހާބުގެ ވޯޓު ވަމުކަޒުތަކުގެއޮފިޝަލުކަމަށް އެދި ހަތް ހާހަށްވުރެ ގިނަ ފަރާތްތަކުން ފޯމު ހުށަހަޅާފައިވާ ކަމަށް ވެސް އިއްޔެ އެ ކޮމިޝަނުން ހާމަކޮށްފައި ވެއެވެ.