English Edition
Dhivehi Edition

 

. މުޅި ރާއްޖެއަށް އުދަ އަރައިފާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މީޓިއޮރޮލޮޖީން ވައިޓު އެލާޓު ނެރެފިއެވެ.

މިއަދު މެންދުރު 12:30 އިން ހަވީރު 4:30 އާ ދެމެދުގެ ވަގުތުގައި އުދަ އަރައިފާނެކަމަށް ބެލެވޭ ކަމުގައި މެޓް އޮފީހުން ވިދާޅުވެއެވެ

މޫސުމާބެހޭ ގައުމީ އިދާރާއިން މި އެލާރޓް ނެރެފައި ވީކަމުގައި ވިއަސް މިއަދާއި މިރޭ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ މޫސުން ރަނގަޅުވާނެކަމަށާއި ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށް ވެސް ލަފާ ކުރެވޭ ކަމުގައި އެ އިދާރާއިން ހާމަކުރެއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މީޓިއޮރޮލޮޖީން ބުނެއެވެ.

ދިޔަވަރު ބޮޑުވާ ގަޑިތައް
އުތުރު: 1331
މެދުތެރެ:1418
ދެކުނު: 1450