މާލެ އަތޮޅު ވާދޫ ރިސޯޓް ކައިރިން ބަންޑުން ޖަހާލައިފައިވާ ލޯންޗެއް ފެނިއްޖެއެވެ
ޚަބަރު ލިބޭގޮތުގައި އެ ލޯންޗު ބަންޑުން ޖަހާފައި އޮތް ވާހަކަ އެމް އެން ޑީ އެފަށް ރިޕޯޓްކޮށްފައި ވަނީ މިރޭ 11:00ގައެވެ.
ލޯންޗާއި ބެހޭގޮތުން ރެޕޯރޓުކޮށްފައިވަނީ މާލެއިން ފުރައިގެން ރިސޯޓަށް ދަތުުރުކުރި “ޝާހީ” ނަމަކަށް ކިޔާ ދޯންޏަކުން ކަމަށާއި އެ ލޯންޗްގައި އެއްވެސް މީހަކު ހުރި ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަަމަށް އެމް އެން ޑީ އެފުން ބުނާ ކަމުގައިވެސް މައުލޫމާތު ލިބެއެވެ..