English Edition
Dhivehi Edition

މިގަރުނުގެ ތެރޭގައި ހިފާނެ އެންމެ ދިގު ހަނދުކޭތަ މިރޭ ހިފާނެއެވެ.

އިސްލާމިކް މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުން ފަލަކީ ހިސާބުތަކުން ދައްކާގޮތުގައި މިރޭ 22:14 ގައި ހިފާ ކޭތަ ވީއްލާނެ ކަމަށް ލަފާ ކުރެވެނީ ފަތިހު 04:28 ގައި ކަމުގައެވެ.

މިރޭ ހަނދު ފެންނާނީ މަޑު ރަތް ކުލައެއްގަ އެވެ. މިއީ “ބްލަޑް މޫން” ހަނދު ކޭތައެކެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އެރަށެއްގައި ހުރި އެންމެ ބޮޑު މިސްކިތެއްގައި މިރޭ ކޭތަ ނަމާދު ކުރުން އޮންނާނެއެވެ. އިސްލާމިކް މިނިސްޓްރީ އިން މައުލޫމާތު ދެއްވާ ގޮތުގައި ކޭތަ ނަމާދު ކުރުން އޮންނާނީ މިރޭ 23:30 ގައެވެ.

މީގެ އިތުރުން ހަނދުކޭތަ ނަމާދަށް ފަހު ޚާއްޞަ ޚުޠުބާއެއް ކިޔުމަށްވަނީ ހަމަޖެހިފައިކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.