English Edition
Dhivehi Edition

މާލޭގައި އުމުރުން 16 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގަދަކަމުން ނަގައިގެން ގެންގޮސް ރޭޕްކުރި ކަމަށް ބުނެ އާއިލާ އިން ހުށަހެޅި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ

ފުލުހުން ބުނީ، އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށް ވެސް ފުލުހުންވަނީ ބުނެފައެވެ

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާ ރޭޕްކޮށްފައިވަނީ، އޭނާ ކިޔަވާ ކޮލެޖުން ރޭ އަށެއް ޖަހާކަންހާއިރު ނިކުތް ވަގުތު، ގަދަކަމުން ދެ ފިރިހެނުންވެގަން އޭނާ ތަނަކަށް ގެންގޮސްގެންނެވެ.އަދި ކުއްޖާ ރޭޕް ކުރުމުގައި ބައިވެރިވި އެކަކަކީ ކުއްޖާ ދަންނަށް މީހެއްކަމަށް މައުލޫމަތު ލިބެއެވެ.

މީގެ ކުރިން މާލޭގެ ސްޓޫޑިއޯއެއްގެ ތެރޭގައި އަންހެން ކުއްޖަކު ރޭޕްކުރި މައްސަލާގައި މީހަކު ހައްޔަރުކޮށް އެ މައްސަލަ ދަނީ ތަހްގީގުކުރަމުންނެވެ