English Edition
Dhivehi Edition
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޑެމީ ލޮވާޓޯ

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޑެމީ ލޮވާޓޯ އޯވަޑޯޒްވެގެން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފިއެވެ.

ޓީއެމްޒީ އިން ރިޕޯރްޓްކޮށްފައި ވާގޮތުގައި ލޮސްއެންޖަލެސްގެ ހޮލީވުޑް ހިލްސްގައި ހުންނަ ޑެމީގެގޭގައި ހޭނެތިފައި އޭނާ އޮށްވާފެނުނީ މިދިޔަ އަންގާރަ ދުވަުކަމަށެވެ. އަދި ހަމަ އެވަގުތު ނެލަކްސޯންކިޔާ އެންޓި އޯވަޑޯޒް ބޭހެއްބޭނުން ކޮށްގެން ޑެމީގެ ގޭގައި އަވަސްފަރުވާދިފައި އެއަށް ފަހު އޭނާވަނީ ސީޑަރސް-ސިނައި ހޮސްޕިޓަލްއަށް ގެންގޮސްފައެވެ.

ޑެމީގެ ތަރުޖަމަނާ ހަވާލާދީ ބީބީސީއިން ރިޕޯރޓް ކޮށްފައި ވާގޮތުގައި މިހާރު ޑެމީ ވަނީހޭއަރާފައި ކަމަށާއި އޭނާގެ ހާލު ސްޓޭބަލް އެވެ.

އުމުރުން 25 އަހަރުގެ ޑެމީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ވާކަން މީގެ ހަ އަހަރު ކުރިން ވަނީ ހާމަކޮށްފައެވެ. އަދި މަސްތުގެ ވަބާއިން ސަލާމަތް ވުމަށް ފަރުވާ ހޯދުމަށްފަހު އެފަދަ ކަމެއްނުކުރާތާ ގިނަ އަހަރު ތަކަކަށްފަހު މިހާރު އަލުން މަސްތުވާތަކެތި ބޭނުން ކުރަން ފެށިފައި ވާކަމަށް މިދިޔަ ހޯމަދުވަހު ޑެމީ ވަނީ ބުނެފައެވެ.

ޑެމީ އޯވަޑޯޒް ވެފައިވަނީ ހެރޮއިން އަށްކަމަށް ބައެއްރޮޕޯރޓް ތަކުގައި ބުނެފައިވާއިރު ޑެމީ ވަނީ ބޭނުން ކުރި ޑްރަގް ހާމަކުރަން ދެކޮޅުހަދާފައެވެ.

ޑެމީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ ކަމުގެ އަޑު ފެތުރުމާ އެކު އެލެން ޑިޖެނެރެސް، އާރިއާނާ ގްރާންޑޭ، ބްރޫނޯ މާސް، ކެޝާ ފަދަ ތަރިންދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާއަށް ހެޔޮ ދުއާ މެސެޖް ފޮނުވަމުންނެވެ