މަޝްހޫރު ލަވަ ކިޔުންތެރިޔާ އަދި އެކްޓަރު ސެލީނާ ގޮމޭޒް ކައިވެނިކޮށްފިއެވެ.
ސެލީނާ ގޮމޭޒް 33އ ކައިވެނިކޮށްފައިވަނީ އޭނާގެ ދުވަސްވީ ލޯބިވެރިޔާ މަޝްހޫރު މިއުޒިކް ޕްރޮޑިއުސަރުު ބެނީ ބްލަންކޯ އާއެވެ. މިދެމީހުންގެ ކައިވެނި ކޮށްފައިވަނީ މިމަހު 27 ވަނަދުވަހު ވަރަށްގާތް އެކުވެރިންނާ އެކު ކެލިފޯނިއާގެ މޮންޓެސީޓޯގައި ބޭއްވި ކުޑަކުޑަ ހަފްލާ އަކާއެކުއެވެ.
ސެލީނާ ގޯމެޒް އާއި ބެނީ ބްލެންކޯ އެންމެ ފުރަތަމަ އެކުގައި މަސައްކަތްކޮށްފައިވަނީ 2019 ވަނަ އަހަރު ރިލީޒްކުރި “އައި ކެންޓް ގެޓް އިނަފް” ކިޔާ ލަވައެއްގައެވެ. އޭގެ ފަހުން މިދެމީހުން ވަނީ ލޯބީގެ ގޮތުން ގުޅި އެކުގައި އުޅޭކަން ހާމަކޮށް އެކުގައި އުޅެންފަށާފައެވެ.
ބެނީ އާއި ސެލީނާ އެންގޭޖް ވިކަން ހާމަކޮށް ފައިވަނީ މިދިޔަ އަހަރު ޑިސެމްބަރ މަހުގައެވެ. މިދެމީހުންގެ ގުޅުމަށް ފޭނުންގެ ކޮންމެވެސް ވަރަކަށް މަލާމާތް ރައްދުވި ނަމަވެސް ސެލީނާ ބުނެފައިވާ ގޮތުގައި ބެނީ އަކީ މިހާތަނަށް އޭނާގެ ހަޔާތަށް އައި އެންމެ ގުޅޭ އަދި ރަނގަޅު ބައިވެރިޔާއެވެ.
ސެލީނާގެ ކައިވެނި ހަފްލާގެ ފޮޓޯ އިންސްޓަގްރަމް ގައި ހިއްސާކުރުމުން ގިނައަދަދެއްގެ ތަރިންނާއި ފޭނުންދަނީ މިދެމީހުންނަށް މަރުހަބާ ކިޔަމުންނެވެ.