English Edition
Dhivehi Edition

މާފުށިން ފުރައިގެން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ފެރީއެއްގެ އިންޖީނު ހުއްޓުމާގުޅިގެން އެމްއެންޑީއެފުން އެދޯންޏަށް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

މާފުށީ “ހަނދުވަރު” ނަމަކަށް ކިޔާ މި ފެރީ، ވާދޫ ކަނޑުގައި ދަތުރުކުރަމުން ދަނިކޮށް އިންޖީނު ހުއްޓިގެން އުޅޭކަން އެމްއެންޑީއެފަށް އަންގާފައިވަނީ މިއަދު ހެނދުނު 9:17 ގައި ކަަމަށް އެމްއެންޑީއެފްގެ މީޑީއާ އޮފިޝަލް ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވިއެވެ.

ފެރީ ދަތުރުކުރަމުން ދިޔައިރު އޭގައި 50 މީހުން ތިބި ކަމަށާއި އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންގެ އިތުރުން 10 ފަތުރުވެރިންވެސް ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފް އިން ބުނީ ފެރީ ކަފު ޖަހާނެ އެހެން އުޅަނދެއް ފެރީގެ ވެރިފަރާތުން އެ ސަރަހައްދަށް ގެންގޮސްފައިވާ ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.

ހާދިސާ ހިނގި ސަރަހައްދުގައި ތިބި މީހުންގެ ތެރެއިން އަންހެނުންނާއި ކުޑަކުދިން އަދި ގެސްޓުން އެމްއެންޑީއެފްގެ ކޯސްޓްގާޑުގައި މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.