English Edition
Dhivehi Edition

މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ

އެ ކޮމިޝަނުން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ، ރައިސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އޯގަސްޓް މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާ ކަމަށެވެ

ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި އެހެނިހެން ތަކެތި ހުށަހަޅަންވާނީ އިލެކްޝަންސް ކޮމިޝަނަށް ކަމަށް އެ ކޮމިޝަނުގެ އިއުލާންގައިވަނީ ބުނެފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ ކޮންމެ މީހަކު އެއް ލައްކަ ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ވެސް އިލެކްޝަން ކޮމިޝަންގެ އިއުލާންގައިވެ އެވެ

މިހާތަނަށް ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެކަން އިއުލާން ކުރައްވާފައިވަނީ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.