English Edition
Dhivehi Edition

އިންސާނުންނަށް ކުށް ކުރެވެނީ ކީއްވެގެން ހެއްޔެވެ؟ ކުށެއް ކުރެވުމުން އެއިގެ ސަބަބުން ނުކުންނާނެ ނަތީޖާ އެނގުނު ނަމަވެސް ކުށްކުރެވެއެވެ. އެހެންކަމުން ކުށްކުރެވެނީ ވަކި މަޤްސަދެއްގައި ކަމަށްވެސް ހީވެއެވެ. އެހެންނަމަވެސް އެއީ ހަޤީގަތެއް ނޫނެވެ. އިންސާނުންނަށް ކުށްކުރެވެނީ އެއީ އެމީހުންގެ ތަބީޢީ ކަމަކަށް ވާތީއެވެ. ކުށް ނުކުރުމަށް ހިތުގެ އަޑިން އަޒުމް ކަނޑައެޅި ނަމަވެސް ކުށް ކުރެވެއެވެ. އެހެން އެވަނީ އެއީ އަމިއްލަ ނަފްސަށް ބާރު ނުފޯރާތީ އެއް ނޫނެވެ. އެހެންމީހުންނަށް ދެރައެއް ދޭން ނޭދޭތީ އެވެ. އިންސާނާއަށް ކުށްކުރެވެނީ ގިނަ ފަހަރަށް އޭނާ ގޯސްވީމައެއްް ނޫނެވެ. އެހެންނަމަވެސް އިންސާނާއަކީ ހިތާމަކުރުމަށް ދުނިޔެއަށް އައިސްފައިވާ ބަޔަކަށް ވާތީއެވެ. ދިރިއުޅުމަށާއި މަސައްކަތްކުރުމަށް އައިސްފައިވާ ބަޔަކަށް ވާތީ ވެސްމެވެ. އެހެންކަމުން އޭނާ އަށް ކުށް ކުރެވުމުގެ ފުރުޞަތު އޮވެއެވެ. ބައެއް ފަހަރު ހިތްވަރާއި އެކު މަސައްކަތް ކުރާނަމަ ކުށްކުރުމުން ދުރުހެލިވެވިފައި ތިބެވެއެވެ. އެހެންނަމަވެސް ދޭތެރެއަކުން ކުށަކަށް އަރައި ގަނެވެއެވެ. ކުށް ކުރެވުމަކީ އިތުރު ފިލާވަޅެއް ލިބޭކަމެކެވެ. ކުށް ކުރެވުމަކީ ގޯސްކަމެއް ކަމު ވިޔަސް އެއިން އިންސާނާގެ ސިކުނޑި އިތުރަށް ހުޅުވިގެން ދެއެވެ. އިންސާނަކަށް ވީތީ ކޮންމެ މީހަކަށްވެސް ކުށްކުރެވޭނެއެވެ. އެހެންކަމުން ކުށްކުރުމަކީ ވަކި ސަބަބެއް އޮންނަން ޖެހޭ ކަމެއް ނޫނެވެ. ހަޤީގަތަކީ ކޮންމެ ދުވަހަކުވެސް އިންސާނާއަށް ކޮންމެވެސް ކަލަހަ ކުށްތަކެއް ކުރެވޭނެއެވެ. އެހެންކަމުން އިންސާނާ ވާން ޖެހެނީ ކުރެވޭ ކުށްތަކުން އިބްރަތް ހާޞިލްކޮށް އިތުރަށް އެކުށެއް ތަކުރާރު ނުކުރެވޭ ފަދަ މީހަކަށެވެ. އިންސާނާގެ އެންމެ ތުއްތު އިރުން ފެށިގެން ވެސް އޭނާއަށް ކުށްކުރެވެއެވެ. އެންމެ ވިސްނުންތޫނު މީހުންނަށްވެސް ކުށް ކުރެވެއެވެ. އަދި ކުށް ނުކުރުމަށް ކިތަންމެ މަސައްކަތެއް ކުރިޔަސް ކުށްކުރެވެއެވެ. ވީހިނދު ކުރެވޭ ކުށްތަކާއި މެދު މާޔޫސްވެ ދެރަވާކަށް ނުޖެހެއެވެ. ސަބަބަކީ ގެއްލިދިޔަ ވަގުތެއް އަނބުރާ ނުގެނެވޭނެތީ އެވެ. އަދި އެވަގުތެއް ދިޔުމަށްފަހު އެއިގެ ސަބަބުން އަންނަ ގެއްލުންތަކާއި ކުރިމަތި ލާން ޖެހޭނެކަން ދަނެގަންނަން ޖެހެއެވެ. އެހެންކަމުން އިންސާނާއަށް ކުށްކުރެވުމަކީ ވަކި މިވެނި ސަބަބަކުން ކަން ބުނެވޭކަށް ނެތެވެ. އެމީހަކު އުފާވިޔަސް އަދި ދެރަވިޔަސް ކުށްކުރެވިދާނެއެވެ. ހަނދާނުގައި ބަހައްޓަންވީ އެކުށް ތަކުރާރު ނުކޮށް ވޭތޯ ބެލުމެވެ. މި ދުނިޔެއަކީ ކުށްކުރުމަށްފަހު ކުށަށް ތަޢުބާ ވާން އޮތްތަނެވެ. ދިރިއުޅެން އޮތްތަކަކީ މިއެވެ. އެހެންކަމުން ކުށްކުރެވޭނީވިސް މިތާގައެވެ.