އިލެކްޝަން ކޮމިޝަން މިނިވަންކުރުމަށް ގޮވާލައި މިއަދު މެންދުރުފަހު 1:30 ގައި އެ ކޮމިޝަންގެ ކުރިމަތީގައި މުޒާހަރާ ކުރާނެކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ
އީސީ އާއި ދެކޮޅަށް އިދިކޮޅު ކޯލިޝަނުން މުޒާހަރާ ކުރަން ނިންމީ ރިޔާސީ އިންތިހާބުގެ އިންތިޒާމްތައް ކުރިއަށްދާ ގޮތުން މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވިދާނެ ކަމާމެދު ޝައްކު އުފެދިފައިވާ ކަމަށް ބުނެ އެވެ
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކަންތައްތައް އީސީއިން ކުރިއަށް ގެންދާ ގޮތާއި މެދު އިދިކޮޅު ފަރާތްތަކުން ނުރުހުން ފާޅުކުރަމުންދާއިރު މިހާރު ގުޅިފައިވާ ސިޔާސީ ޕާޓިތަކުން ޖައްސަމުންދާ އެންމެ ބޮޑު މައްސަލައަކީ ރީ ރަޖިސްޓްރީގެ ކަންކަން ސަރުކާރުގެ ކުންފުނިތަކުން ކުރުމާއި މުވައްޒަފުންނަށް ވަކި ފޮއްޓަކަށް ރީ ރަޖިސްޓްރީކުރަން މަޖުބޫރުކުރާކަމަށް ބުނެ ދައްކަމުންދާ ވާހަކައެވެ.
މީގެ ކުރިންވެސް ގުޅިފައިވާ ޕާޓީތަކުން އިންތިހާބުގައި ވޯޓުލާ ފޮށިތައް ރިސޯޓްތަކުގައި ބަހައްޓާ އަދަދު މަދުވުމާއި ގުޅިގެން ވަނީ މައްސަލަޖައްސާފައެވެ. އަދި އިންތިހާބުގެ ވޯޓުލާ ދުވަހު ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އީސީގެ އޮފިޝަލުން ވޯޓުލާ ގޮތަށް ނިންމާފައިވާ ނިންމުމާމެދު އިދިކޮޅު ފަރާތްތަކުންވަނީ އީސީ އަށް ފާޑު ކިޔާފައެވެ. އެހެން ނަމަވެސް އީސީ އިން މަޝްވަރާކޮށްގެން މި މައްސަލަތައް މިހާރުވަނީ ހައްލުކޮށްފައެވެ
މިއަދު އިދިކޮޅު ފަރާތްތަކުން ބާއްވަން އުޅޭ މުޒާހަރާ އާއި ބެހޭގޮތުން ޕީޕީއެމްއަށް ތާއިދުކުރާ ގިނަ ފަރާތްތަކުން ބުނަމުންދަނީ އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ ބޭރު ދުނިޔެއަށް ރާއްޖޭގައި އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެކަންދައްކަން ކަމަށެވެ. އަދި މިއަދު ބާއްވާ މުޒާހަރާ އަކީ އީޔޫއަށް އެކަން ދެއްކުމަށްޓަކައި ކުރުމަށް ނިންމާފައިވާ މުޒާހަރާއެއް ކަމަށެވެ
.