English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫގައި ދެ މީހެއްގެ ގަޔަށް ވަޅިހެރުމަށްފަހު ސައިކަލެއްގައި ރޯކޮށްލައިފިއެވެ.

މިރޭ 10:00 ގައި ދެ މީހެއްގެ ގަޔަށް ވަޅިހަރާފައި ވަނީ ހިތަދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައެވެ. އަދި އެއަށްފަހު ދުއްވާފައި ދިޔަ ސައިކަލެއް ހުއްޓުވައި އެ ސައިކަލްގައި ރޯކޮށްލާފައިވާ ކަމަށް ހިތަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި ސީނިއާ ކޮމިއުނިޓީ އޮފިސަރ މުހައްމަދު ނަޖީބު ވިދާޅުވީ މާރާމާރީގައި ޒަހަމްވި ދެ ޒުވާނަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެމުންދާ ކަމަށެވެ. އަދި އެ ދެ ޒުވާނުންނަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ނަޖީބް ވިދާޅުވިއެވެ.

އެ ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.