English Edition
Dhivehi Edition
Maldives Times

އަންނަ ސެޕްޓެމަބަރު 23 ގައި ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިޚާބުގެ ވޯޓުލާ ދުވަސް ބަންދުކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، އިންތިޚާބު ބާއްވާ ދުވަސް ބަންދުކުރަން ރައީސް އޮފީހުގައި އެދިފައިވާ ކަމަށާއި އެ ދުވަސް ބަންދުކުރާނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.ރައީސް އޮފީހުގެ ތަރުޖަމާން ވިދާޅުވީ ވޯޓުލާ ދުވަސް ބަންދުކުރުމާ ގުޅޭ ގޮތުން “މި ވަގުތާ ހަމަ އަށް ވަކި ގޮތެއް ނިންމާފައި ނުވާ” ކަމަށާއި އެ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި ނަމަ ރައީސް އޮފީހުން އިއުލާންކުރާނެ ކަމަށެވެ

މި އަހަރުގެ ރިޔާސީ އިންތިޚާބު ބާއްވަން ނިންމާފައިވާ ތާރީޚު ދިމާވަނީ، ރަސްމީ ބަންދު ނޫން، އާދީއްތަ ދުވަހަކާއެވެ. މިހާތަނަށް ރާއްޖޭގައި ބޭއްވި ރަސްމީ އިންތިޚާބުތަކުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ ބަންދު ދުވަސްތަކުގަ އެވެ.

ޓެގު