English Edition
Dhivehi Edition

ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓު އޮފީހުން އިލްތިމާސްކޮށްފި އެވެ.

މެޓު އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކަށް އިރާއި އިރު ދެކުނުން، ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ގަދަވެ، އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ.

އެހެންކަމުން ދެކުނުގެ އަތޮޅުތަކަށް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި އާދައިގެ ވަރަކަށް ކަނޑު ގަދަ ވާނެ ކަމަށާއި އެހެން ހިސާބުތަކަށް ވެސް ކަނޑު ގަދަ ވާނެ ކަމަށް ލަފާ ކުރެވެތީ ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް މެޓު އޮފީހުން ވަނީ ބުނެފައެވެ.

މެޓު އޮފީހުން ބުނީ، ރާއްޖޭގެ ބައެއް ރަށްރަށަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތު ދިޔަވަރު ބޮޑުވެ އުދައިގެ އަސަރު ކުރާނެ ކަމަށް ވެސް މެޓު އޮފީހުން ބުނެއެވެ.