English Edition
Dhivehi Edition

މިނިވަންކަޕް 2018 ގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ޑީކޭ އާއި ތައްލިހި އެފްސީ ބައްދަލުކުރި މެޗު 4 ލަނޑު 1 ލަނޑުން ތައްލިހި އެފްސީ ކާމިޔާބުކޮށްފިއެވެ،

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުަރަތަމަ ލަނޑު ޖަހާފައިވަނީ ޑީކޭގެ ސަމީންއެވެ. ޑީކޭ ގެ ލަނޑާއެކު މެޗުގެ ފޯރި އިތުރަށް ގަދަވެގެން ދިޔައިރު މެޗުގެ އެގާރަވަނަ މިނިޓްގައި ތައްލިހި އެފްސީގެ ޝިރައްޓޭ ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާއެއްވަރިކޮށްފައެވެ

މި މެޗުގައި ދެ ޓީމުންވެސް ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާފައިވާއިރު ތައްލިހި އެފްސީގެ ދެވަނަ ލަނޑަކީ ރޮނާ ނަގައިދިން ހުރަސް ގޯލަށް އަމާޒުކޮށް ޝިރައްޓޭ ޖަހައިދިން ލަނޑެކެވެ. މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ޑީކޭ އިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު ތައްލިހި އެފްސީގެ ކީޕަރުވަނީ ޑީކޭ އިން ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމަލާތައް ކުޅަދާނަކަމާއެކު ދިފާއުކޮށްފައެވެ

މި މެޗުގައި މޮޅުވުމަށް ދެ ޓީމުންވެސް ގިނަ އުކުޅުތަކެއް ބޭނުންކޮށްފައިވާއިރު މެޗުގެ ފަންސަވީސްވަނަ މިނިޓްގައި ތައްލިހި އެފްސީގެ ޝީރައްޓޭ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ލީޑްވަނީ ފުޅާކޮށްފައެވެ. މި މެޗުގައި ތައްލިހި އެފްސީ އިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮނާއެވެ.

މިރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތައްލިހި އެފްސީ އަށް ތިން ލަނޑު ކާމިޔާބުކޮށްދިން ޝިރައްޓޭއެވެ.