English Edition
Dhivehi Edition

އަނެއްކާވެސް ހުޅުމާލޭގައި މީހެއްގެ ގަޔައް ވަޅި ހަރާ ޒަހަމް ކޮށްލައިފިއެވެ.

މައުލޫމާތު ލިބިފައި ވާގޮތުގައި މިހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 4:10 ހާއިރުއެވެ.

މަންޒަރު ދުށްމީހަކު ބުނީ، އެމީހާ ގަޔަށް ވަޅި ހަރާފައި ވަނީ ބޮޑު ގުރޫޕަކުން ކަމަށާއި އަދިމި ހާދިސާ ހިނގި ސަރަހައްދުގައި ވަރަށް ގިނައިން ލޭވެސް ހުރިކަމަށެވެ. ނަމަވެސް ޒަހަމްވި މީހާއާއި ބެހޭ އިތުރު މައުލޫމާތެއް އަދި ނުލިބެއެވެ.

ރޭވެސް ވަނީ ހުޅުމާލޭގައި މީހެއްގެ ގަޔަށް ވަޅިއަކުން ހަމަލާ ދީފައެވެ. މި ހަމަލާގައި އޭނާގެ ގައިގެ 6 ތަނަކަށް ވަނީ ވަޅި ހަރާފައެވެ. މިހާރު އެ މީހާ ގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.