English Edition
Dhivehi Edition

މިނިވަންކަޕް 2018 ގައި ރޭ ބައްދަލުކުރި ފުރަތަމަ މެޗުގައި ކެނެރީފް އާއި ޒެލޯން އެފްސީ ބައްދަލުކުރި މެޗު ޒެލޯން އިން ކާމިޔާބުކޮށްފިއެވެ

ހުޅުދޫ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މި މެޗު ޒެލޯން އިން ކާމޔާބުކުރީ ކެނެރީފް އާއި ބައްދަލުކޮށް 8 ލަނޑު 4 ލަނޑުންނެވެ.

މެޗުގެ ފުރަތަމަ ހާފްގައި ކެނެރީފް ޓީމްގެ އިންޝާލް އެ ޓީމަށް ތިން ލަނޑު ޖަހައިދީ ލީޑް ނަގާފައިވާއިރު މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ ޒެލޯން އަށް ލަނޑެއް ކާމިޔާބުކުރާނެ ފުރުސަތެއް ނުލިބިއެވެ.

މެޗުގެ ދެވަނަ ހާފްގައި ޒެލޯން އިން ކުޅުން ރަގަޅުކޮށްފައިވާއެރު އެ ޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ އެކާވީސްވަނަ މިނިޓްގައި އައިކްއެވެ. މެޗުގެ ތޭވީސްވަނަ މިނިޓްގައި ޒެލޯންގެ ވާޒިއު އިތުރު ލަނޑެއް އެ ޓީމަށް ކާމިޔާބުކޮށްދިން އިރު މެޗުގެ ނަތީޖާ އެއްވަރުކުރި ރަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަތޫފްއެވެ.މެޗުގެ ސައްބީސްވަނަ މިނިޓްގައި ވާޒިއު މެޗުގެ ލީޑް ޒެލޯން އިން ނެގި ލަނޑު ކާމިޔާބުކޮށްދިން އިރު މެޗުގެ އެއްތިރީސްވަނަ މިނިޓްގައި ޒެލޯންގެ އަތޫފްވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑް ފުޅާކޮށްފައެވެ

މެޗުގެ ފަހު ހާފްގެ 32 ވަނަ މިނިޓްގައި އަތޫފް އިތުރު ލަނޑެއް ޒެލޯންއަށް ކާމިޔާބުކޮށްދިން އިރު ހަސަން އާއި އައިކްގެ ލަނޑާއެކު ޒެލޯން އިންވަނީ މެޗުގެ ލީޑް އިތުރަށް ފުޅާކޮށްފައެވެ. ކެނެރީފް ގެ ހަތަރުވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ ތިރީސް ނުވަވަނަ މިނިޓްގައި ސަރޭއެވެ.

އިއްޔެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޒެލޯން އެފްސީގެ އަތޫފްއެވެ