English Edition
Dhivehi Edition

މިދިޔަ ހަފްތާގައި މިސްރުގެ އިސްކަންދަރިއްޔާގައި ހުރި އިމާރާތެއްގެ ތެރެއިން ފެނުނު ވަރަށް ވަރުގަދައަށް ހަދާފައިވާ ބޮޑު ސަންދޯއް އާކިއޮލޮޖިސްޓުން ހުޅުވައިފިއެވެ

އިއްޔެ އެ ސަންދޯއް ހުޅުވިއިރު ސަންދޯކުގައި ހުރީ ވަރަށް ބޮޑަށް ހަލާކުވެފައިވާ އިންސާނުންގެ ކަށިތަކެއްކަމަށެވެ އާކިއޮލޮޖިސްޓުން ލަފާކުރާ ގޮތުގައި މިއީ 2000 އަހަރަށްވުރެ މާގިނަ ދުވަސްވެފައިވާ ސަންދޯކެއް ކަމަށެވެ.ސަންދޯކުގައި ހުރީ ކޮންބައެއްގެ ކަށިތަކެއްކަން އިތުރު ދިރާސާއަށްފަހު އެގިގެންދާނެކަމަށް ކަމާއި ބެހޭ ފަރާތްތަކުންވަނީ ބުނެފައެވެ.

ބައެއް މީހުން ލަފާކުރާގޮތުގައި މިއީ ގްރީސްގައި 323 ބީސީގައި ވެރިކަން ކުރި އެލެގްޒަންޑާގެ މިނިކަށިތަކަށް ވުން އެކަށީގެންވާކަމަށެވެ. ސަންދޯކުން މިހާތަނަށް ތިން މީހެއްގެ ކަށިތައް ފެނިފައިވާއިރު ބެލެވޭ ގޮތުގައި އެއީ އެއް އާއިލާއެއްގެ ތިން މީހުންގެ ކަށިތަކެވެ. އެމީހުން މަރުވެފައި ވަނީ ދުންޏެއް ޖެހުމުން ލިބުނު އަނިޔާއެއްގެ ސަބަބުން ކަމަށް ވެސް މިހާތަނަށް ލިބުނު ހެއްކަށް ބަލާއިރު ލަފާކުރެވެއެވެ

ޓެގު