އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތް ކުރާނެ އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އަނެއްކާވެސް އިއުލާން ކޮށްފިއެވެ
އިލެކްޝަންސް އިން ކުރި އިއުލާނުގައި ބުނެފައި ވާގޮތުގައި އޮފިޝަލު ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކަކީ:
މިކަމަށް ކުރިމަތިލާ ފަރާތްތަކަށް ޚާއްސަކޮށްގެން ސެޕްޓެމްބަރު މަހުގެ ތެރޭގައި ހިންގާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭނެ ކަމަށާއި މި ތަމްރީނު ފުރިހަމަނުކުރާ ފަރާތްތަކުން އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހެޅި ނަމަވެސް ފުރުސަތު ނުދެވޭނެ ކަމަށް އީސީއިން ވަނީ ބުނެފައެވެ.
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުންގެ ތެރެއިން، މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސާ ފަރާތްތަކަށް ވޯޓްލާ ދުވަހު އެއްހާސް ފައްސަތޭކަ ރުފިޔާ ލިބޭނެއެވެ. އަދި ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ ވޯޓްލާ ދުވަހު އެއްހާސް ދުއިސައްތަ ރުފިޔާ ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާ އެހެނިހެން ފަރާތްތަކަށް އެއްހާސް ރުފިޔާ، އަދި ރިސާރވް އޮފިޝަލަކަށް ހަމަޖައްސައިފިނަމަ ފައްސަތޭކަ ރުފިޔާ ދޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
އޮފިޝަލު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެކަމަށް ޚާއްސަ ކުރެވިފައިވާ ފޯމު ފުރިހަމަކުރުމަށްފަހު އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު، މި މަހުގެ 25 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން، މާލޭގައި ނަމަ އިލެކްޝަންސް ކޮމިޝަނުގެ ރިސެޕްޝަނަށް، ރަށު، އަތޮޅު ނުވަތަ ސިޓީ ކައުންސިލަށް ހުށަހެޅުމަށް އިއުލާނުގައި ވަނީ އެދަފަ އެވެ