ސ.ހިތަދޫ ކިނބިވައު ސަރަހައްދުގައި ހުރި ރުކެއްގައި މީހަކު ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނިއްޖެއެވެ.
މިއަދު ހެންދުނުގެ ވަގުތެއްގައި މިމީހާ ދަންޖެހިފައި ހުއްޓާ ފެނުނީ އޭނާގެ ބައްޕައަށެވެ. މައުލޫމާތު ލިބިފައި ވާގޮތުގައި ދަންޖެހިފައި ހުއްޓާ ފެނިފައި ވަނީ ފިޔާޒް ނަމަކަށް ކިޔާ ކިޔާ ހިތަދޫ ޒުވާނެކެވެ.
ފިޔާޒް ދަންޖެހިފައި ހުރީ އޭނާގެ ދިރިއުޅޭ ގޭގެ ކުރިމަތީ ހުރި ރުކެއްގައެވެ. ސޯޝަލްމީޑިއާ ގައި ދައުރު ވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ފިޔާޒް ދަންޖެހިފައި ހުރި ރުކުގައި ފިޔާޒްގެ އިސްކޮޅުވެސް ނުހުންނާނެއެވެ
މިހާދިސާއާބެހޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.