English Edition
Dhivehi Edition

ޕީއެސްޖީ ދޫކޮށް ނުދާނެ ކަމަށް އެ ކްލަބަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ ބުނެފިއެވެ.

ވޯލްޑް ކަޕް ފުޓް ބޯޅަ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުން ތެރިޔާގެ މަގާމު ހޯދި އެމްބާޕޭ ހޯދުމަށް ޔޫރަޕްގެ މަޝްޙުރު ކުލަބް ކަމަށް ވާ ރިއަލްމެޑްރިޑް އަދި ބާސެލޯނާއިން ބޮޑު ހުޝައެޅުންތަށް ހުށައެޅި ނަމަވެސް އަންނަ ސީޒަންގައި ވެސް ފެންނާނީ ހަމަ އެ ކުލަބްގެ ޖާރޒީގައި ކަމަށް އެމްބާޕޭ ބުނެފިއެވެ.

ޕޯޗުގަލްގެ ތަރި އަދި ދުނިޔޭގެ މޮޅު ކުޅުން ތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް މެޑްރިޑް ދޫކޮށްލުމުން އޭނާ ނެތްތަން ފޫބައްދަން މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އެމްބާޕޭ ގެނައުމަށް ރެއާލް އިން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާއިރު އެމްބާޕޭ ބުނީ ޕީއެސްޖީ ދޫކޮށް ނުދާނެ ކަމަށާއި އެ ކުލަބް އާއި އެކީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން ބޭނުން ކަމަށެވެ.

އުމުރުން 19 އަހަރުގެ އެމްބާޕޭ މިދިޔަ ސީޒަނުގައި ޕީއެސްޖީ އަށް ބަދަލުވީ މޮނާކޯ އިން ލޯނެއްގެ ދަށުންނެވެ.އެހެން ނަމަވެސް އޭނާ ވަނީ 180 މިލިއަން ޔޫރޯއަށް ޕީއެސްޖީގައި މަޑުކުރުމަށް ދާއިމީ ކޮންޓުރެކްޓެއްގައި ސޮއިކޮށްފައެވެ.

އެމްބާޕޭ ޕީއެސްޖީ އާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2022 ވަނަ އަހަރު ކަމަށްވާއިރު އޭނާ އަކީ އެ ކްލަބުގައި ދެވަނަ އަށް އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިޔާއެވެ. ޕީއެސްޖީގައި އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިޔަކީ ދުނިޔޭގެ ރިކޯޑް ފީއަކަށް އެކުލަބްއަށް މިދިޔަ ސީޒަންގައި ސްޕެއިންގެ ބާސެލޯނާއިން ބަދަލުވި ބްރެޒިލްގެ ތަރި ނޭމާއެވެ.

މިދިޔަ ސީޒަނުގައި އެމްބާޕޭ ވަނީ ފްރެންޗް ލީގުގައި ޕީއެސްޖީއަށް ކުޅުނު 28 މެޗު ކުޅެދީ 13 ގޯލު ކާމިޔާބުކޮށް ހަތް އެސިސްޓް ހަދާފައެވެ.