ދިރާގު ދިވެހި ލީގުގައި ރޭ ށ. ފޯކައިދޫ އާއި އެންމެ ފަހުގެ ލީގު ޗެމްޕިއަން ނިއުރެޑިއެންޓް ކުޅުނު މެޗުން ނިއު އުނދަގޫ މޮޅެއް ހޯދައިފިއެވެ.
ލީގުގައި ރޭ މި ދެ ޓީމް ކުޅުނު ފޯރިގަދަ މިމެޗު ނިއުން އިން ކާމިޔާބުކުރީ 1-0 ލަނޑުގެ ނަތީޖާ އަކުންނެވެ.
ލީގުގައި ރޭ މި ދެ ޓީމް ކުޅުނު ފޯރިގަދަ މިމެޗުގައި މިނިވަން ޗެމްޕިއަން ޝިޕްގެ ގަދަ ހަތަރެއްގައި ހިމެނިގެން ދިވެހި ލީގަގަށް ކޮލިފައިވި ފޯކައިދޫގެ ފަރާތުން ވަނީ މޮޅު ޑިފެންސިވް ގޭމެއް ފެނިގެން ގޮސްފައެވެ.
ނިއުގެ ފަރާތުން ވަރަގަދަ އެޓޭކިން ގޭމެއް މިމެޗުގައި ފެނިގެން ގޮސްފައިވާއިރު ނިއުއިން ވަނީ މެޗުގެ 24 ވަނަ މި ލަނޑު ނިއުއަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަލީ ފާސިރު(ސެންޓޭ)އެވެ.
މި ލަނޑަށް ފަހު ވެސް ނިއުން ފުރަތަމަ ހާފް އަދި ދެވަނަ ހާފްގައި ވެސް ގިނަ ހަމަލާތަށް ފޯކައިދޫގެ ގޯލާއި އަމާޒުކޮށް ފޮނުވާލަން މަސައްކަތް ކުރިނަމަވެސް ފޯކައިދޫގެ ފަހަތުން ވަނީ ހުރިހާ ހަމަލާއެއް ހުއްޓޫވާފައެވެ.
މި މޮޅާއި އެކު އެންމެ ފަހުގެ ލީގު ޗެމްޕިއަން 10 ޕޮއިންޓާއި އެކު ލީގު ތާވަލްގެ ދެވަނަ އަށް ޖެހިލި އިރު ނިއު އާއި އެއްވަރަކަށް ޕޮއިންޓް ހޯދައިގެން ތިން ވަނާގައި އޮތީ ގްރީން ސްޓްރީޓްއެވެ.ނިއު ދެވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުން ނެވެ. އަދި އެއްވަނާގައި 12 ޕޮއިންޓާ އެކު އޮތީ މިދިޔަ ދެ ސީޒަންގައި ވެސް ލީގުގެ ދެވަނަ މަގާމް ހޯދި ޓީސީ ސްޕޯޓްސް ކްލަބެވެ. ފޯކައިދޫ އޮތީ ދެ ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.